ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޫއެން ޓްރޭޑް ފޯރަމްގައި ބައިވެރިވުމަށް އެންވައިރަމަންޓް މިނިސްޓަރ ޖެނީވާއަށް!

އެންވައިރަމަންޓް މިނިސްޓަރ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ. ފޮޓޯ:ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ސްވިޓްޒަލަންޑްގެ ޖެނީވާގައި ބޭއްވުމަށް ހަމަޖެހިފައިވާ  ޔޫއެން ޓްރޭޑް ފޯރަމްގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް އެންވައިރަމަންޓް މިނިސްޓަރ ފުރާވަޑައިގެންފިއެވެ.

ޔޫ.އެން.ސީ.ޓީ.ޑީ ގެ ސެކްރެޓަރީ ޖެނެރަލްގެ ޚާއްސަ ދައުވަތަކަށް، ޑ.ރ ހުސެއިން ރަޝީދު ހަސަން މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހް ގެ ޚާއްސަ މަންދޫބެއްގެ ގޮތުގައެވެ.

މި ބައްދަލުވުމުގައި ޑ.ރ ހުސެން ރަޝީދު ހަސަން ތަޤްރީރުކުރެއްވުމަށް ވަނީ ހަމަޖެހިފައިވެއެވެ. އެ މަނިކުފާނު ތަޤްރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުދި ޖަޒީރާ ޤައުމުތަކުގެ ވިޔަފާރިއާއި، އިޤްތިސާދާއި އަދި ދެމެހެއްޓެނިވި ތަރައްޤީއަށް ކުރާ ނޭދެވޭ އަސަރުތަކާއި ބެހޭގޮތުންނެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވޭނީ މޫސުމަށް އަންނަ ބަދަލުތަކާއި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލް ކުރުމުގައި، ވިޔަފާރިއާއި އިޤްތިސާދުތަކަށް ކުރަމުންދާ އަދި ކޮށްފާނެ އަސަރުތަކާއި އަދި އެފަދަ ކަންކަން ކުޑަކުރުމަށް ޤައުމުތައް ގުޅިގެން ކުރެވިދާނެ ކަންތައްތަކުގެ މައްޗަށެވެ.

މި ބައްދަލުވުމަކީ އ.ދ ގެ ޖެނެރަލް އެސެމްބްލީ ގެ ހަވާސާގައި މި މަހުގެ 23 ގައި ނިއުޔޯކުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކްލައިމެޓް ސަމިޓަށް ތައްޔާރުވުމުގެ ގޮތުން، އ.ދ ގެ ކޮންފަރަންސް އޮން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް (ޔޫ.އެން.ސީ.ޓީ.ޑީ) ގެ ފަރާތުން އިންތިޒާމުކޮށްގެން، ބާއްވާ ބައްދަލުވުމެކެވެ.

ޔޫއެން ޓްރޭޑް ފޯރަމް: “އެސްޑީޖީސް އެންޑް ކްލައިމެޓް ޗޭންޖް” ގެ ބައްދަލުވުން ކުރިއަށް ދާނީ މިމަހުގެ 9 ން 13 އަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: