ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮލީވުޑްގެ ރާމް، ލަކަން ސްކްރީނަށް އަލުން އެއްކޮށް!

ފޮޓޯ.. ސޯޝަލް މީޑިއާ(ޖެކީ އާއި އަނިލް އެކުގައި ނަގާފައިވާ ފޮޓޯއެއް)
ޝެއާރކޮށްލާ ކަހަލަދޯ؟

90ގެއަހަރުތަކުގައިމަޤްބޫލްވި “ރާމް،ލަކަންގެ”ޖޯޑު،އަނިލްކަޕޫރު އާއި ޖެކީ ޝްރޮފް އަހަރުތަކުގައި އެކުގައި މަސައްކަތް ކުރަން ނިންމައިފިއެވެ.

މި ދެ ފަންނާނުން ފެނިގެން ދާނީ ސުބާޗް ގައިގެ ” ރާމް ޗަންދް، ކިޝަން ޗަންދް” އިންނެވެ. 

މި ފިލްމަކީ ކޮމެޑީ ކްރައިމް ފިލްމެކެވެ. 

ރާމްލަކަން އަކީ އެ ދެ ފަންނާނުން1989ގައި އެކުގައި މަސައްކަތް ކުރި ފިލްމެކެވެ.

އެ ފިލްމުގައި އެ ދެފަންނާނުން އެކުގައި ކުރި މަސައްކަތަކީ އަދިވެސް ބޮލީވުޑްގައި ތައުރީފް ލިބޭ މަސައްކަތެކެވެ.

މި ދެފަންނާނުންނަކީ އޭރުއްސުރެ މިހާތަނަށް ވެސް ކެނޑިނޭޅި އެ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ކާމިޔާބު ދެ ފަންނާނުންނެވެ.

އެހެންނަމަވެސް އެކުގައި މަސައްކަތް ކުރުމުގެ ފުރުސަތު އެ ދެފަންނާނުންނަކަށް ލިބިފައެއް ނެތެވެ. 

މިފަހަރު ވެސް މި ދެ ފަންނާނުން ކުޅެނީ ހަމަ ކުރިން ފެނުނު ކަހަލަ ސަކަ ރޯލްތަކެކެވެ.

އަނިލް ފަހަކަށް އައިސް ގިނައިން ކުޅެނީ ކޮމެޑީ ފިލްމްތަކެވެ. 

އެހެންނަމަވެސް ޖެކީ ޝްރޮފް ގިނައިން ކުޅެފައި ހުރީ ސަސްޕެންސް ތްރިލާ ފިލްމްތަކެވެ. 

 

 

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: