ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަންގަނާގެ ބަހުގެ ހަމަލާތައް އަނެއްކާވެސް ބޮލީވުޑަށް

ފޮޓޯ..ސޯޝަލް މީޑިއާ (ކަންގަނާ މީޑިއާ އާއި ވާހަކަދެއްކުމަސ ްފަހު ފޮޓޯ އަކަށް ހުއްޓިލައިގެން)
ޝެއާރކޮށްލާ ކަހަލަދޯ؟

ބޮލީވުޑްގެ ބަތަލާ ކަންގަނާ ރަނައުތްގެ ފާޑުކިޔުން އަނެއްކާވެސް ބޮލީވުޑްގެ ފަންނާނުންނަށް އަމާޒުކޮށްފިއެވެ.

ކަންގަނާ މިފަހަރު ރުޅި ގަދަވެގެން މި އުޅެނީ ފެޝަންގެ ނަމުގައި ތަރިން ބޭކާރު ޚަރަދު ކުރާ ކަމަށް ބުނެއެވެ.

ބޮލީވުޑްގެ ފަންނާނުން މީސް މީޑިއާގައި ސަމާލުކަން ހޯދުމަށް އެއް ހެދުމެއް ތަކުރާރު ނުކޮށް ވޭތޯ ބަލާކަމަށެ ބުނެ ކަންގަނާ ފާޑުކިޔާފައެވެ.

ނަތީޖާ އަކީ އެ ތަރިން އުކާލާ ހެދުން އެތައް ގުނަ އަކަށް އިތުރުވުން ކަމަށް އޭނާ ބުނެފައިވެއެވެ.

ކަންގަނާ އަކީ އަބަދުވެސް  ބޮލީވުޑްގައި އޮންނަ ބައެއްކަހަލަ އާދަކާދަތަކަށް ފާޑުކިޔާ ފަންނާނެކެވެ.

މީގެ ކުރިން އޭނާ ވަނީ މަޝްހޫރު މީހުން އެމީހުންގެ ދަރިންނާއި ތިމާގެ މީހުން އެ ދާއިރާ އަށް ނެރެ ދާއިރާ ހިސާރުކުރާ ކަމަށް ބުނެ ނުރުހުން ފާޅުކޮށްފައެވެ.

މީގެ އިތުރުން އޭނާ އާއި ރިތިކް އާއި މެދު ހިނގި ހުތުރު ޒުވާބުތަކަކީ އެކަމުގައި ބޮލީވުޑާއި މީޑިއާވެސް ޝާމިލްވި ކަމެކެވެ.

އެއަށް ފަހު ކަންގަނާ ދަނީ ޖެހިލުމެއް ނެތި އޭނާގެ ޚިޔާލް ފާޅުކުރަމުންނެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: