ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާއިން ހަނދަށް ދާން ކުރި މަސައްކަތަށް ރައީސް ޞާލިހްގެ ތައުރީފް

ފޮޓޯ: މީސްމީޑިއާ.. ޗަންދްރާޔަން 2
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާއިން ހަނދުގެ ދެކުނު ތަނޑިއާއި ވީ ހިސާބުގައި ޖައްވީ އުޅަނދެއް ޖައްސާ، އެ ދިރާސާ ކުރާ ފުރަތަމަ ގައުމަށް ވުމުގެ ޝަރަފު ހޯދަން ޖައްވަށް ފޮނުވި “ޗާންދްރަޔާން-2” ފެއިލްވި ނަމަވެސް އެގައުމުން ކުރި މަސަައްކަތަކީ ތާރީޚުގައި ލިޔެވިގެންދާނެ މަސައްކަތެއް ކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ. 

ރައީސް ސޯލިހު ކުރެއްވި ޓުވީޓެެއްގައި ވިދާޅުވީ، އިންޑިއާއިން އެކުރި މަސައްކަތުގެ ނަތީޖާ ކޮންމެ ގޮތަކަށް ނިކުތް ކަމުގައިވިޔަސް، އެގައުމުން ކުރި މަސައްކަތަކީ ތައުރީފާއި ޝުކުރު ހައްގުވާ މަސައްކަތެއް ކަމަށެވެ.

ރައީސް ޞާލިހް ވަނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އަދި އިންޑިއާގެ ޖައްވީ އިދާރައިން ކުރަމުންގެންދަވާ މަސަައްކަތް ފާހަގަކޮށް ޝުކުރު ދަންނަވާފަ. އިންޑިއާގެ އެމިޝަން ފެއިލްވީ ހަނދުގެ ސަތަހައާއި 2.1 ކިލޯމީޓަރު ކައިރިން ދިވާމި މައްސަލަތަކާއި ގުޅިގެނެވެ. 

މިޝަން ފެއިލްވީ އުޅަނދާ ބިމާ ދެމެދު އޮތް ގުޅުން ކެނޑުމާއި ގުޅިގެން. ޗަންދުރާޔަން 2 ޖައްވަށް އުދުއްސާލީ މިދިޔަ ޖުލައި މަހުގެ 22 ވަނަ ދުވަހު. އަދި ހަނދުގެ ދެކުނު ތަނޑިއަށް ފޯރަން އޮތީ ރޭ ދަންވަރު 1:30 އާއި 2:00 އާ ދެމެދުގައެވެ.

ނަމަވެސް އެ މަންްޒިލަށް ވާސިލްވާން ދަނިކޮށް ކުއްލިއަކަށް އުޅަނދާއި ކޮންޓްރޯލްގެ ގުޅުން ކެނޑިގެން ދިޔަ. ގުޅުން ކެނޑުނު އިރު ޗަންދުރާޔަން 2 ހަނދަށް ޖެއްސުމަށް ގިރާ ކުރަން ޖެހޭ ރާސްތާގައި ބާކީ އޮތީ 2.1 ކިލޯ މީޓަރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: