ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގައި އެންމެ ބޮޑު އިސްކަމެއް ދިނީ އިންސާފު ޤާއިމްކުރުމަށް: ރައީސް ނަޝީދު

ރައީސް ނަޝީދު ނޫސްވެރިންނާއި ވާހަކަދައްކަވަނީ . (ފޮޓޯ..ސަންގު)
ޝެއާރކޮށްލާ ކަހަލަދޯ؟

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގައި  އެންމެ ބޮޑަށް މަސައްކަތް ކުރެއްވީ، އިންސާފު ޤާއިމްކުރުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ ނޫސްވެރިންނަށް މަޖިލީހުގެ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުންނެވެ. 

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ނިމިދިޔަ ދައުރުގައި މަސައްކަތް ކުރެއްވީ ރައްޔިތުންނަށް އިންސާފް ހޯދާދިނުމަކީ އެންމެ މުހިންމު މަޤްސަދު ކަމުގައި ބައްލަވައިގެންނެވެ. 

އެގޮތުން ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ފަނޑިޔާރުގެ އިސްލާހުކުރުމަށްޓަކައި މަަސައްކަތް ކުރެވުނު ކަމަށާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ގުޅޭ މައްސަލަތަކުގެ ރިޕޯޓެއްވެސް ޖޭއެސްސީއިން މަޖިލީހާއި ޙިއްސާ ކުރައްވާފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އިންސާފު ޤާއިމްކުރުމަށް ޤާނޫނީ އޮނިގަނޑަށް ގެންނަން ޖެހޭ ބަދަލުތައް ނިމިދިޔަ ދައުރުގައި ގެނެސްފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

“ފެނިގެން ދިޔަ ޚާއްސަ ކަންތައްތަކެއް އެބަވޭ. އެންމެ ބޮޑަށް ފާހަގަވި އެއް ކަމަކީ، ގެއްލިފައިވާ މީހުންނާއި ބެހޭގޮތުން ހެދި ކޮމިޝަންގެ ރައީސް ވަނީ އެ ކޮމިޝަނުން އެކުލަވާލި ރިޕޯޓް ގެ ކަންކަން ސާފުކޮށްދެއްވާފަ. އެ ރިޕޯޓްގެ ޙުލާސާއަކަށް މަޖިލީހުން ވަނީ ބަހުސްކޮށްފައި.”” ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވަނީ މަޖިލީހުގެ މަސައްކަތްތައް ކުރެވުނު މިންވަރާއި ގުޅޭ ގޮތުން ވެސް ވާހަކަދައްކަވާފައެވެ.ރައީސް ނަޝީދު ވިދާޅުވީ، މި ދައުރަށް ދެއްވާނީ ބީ ޕްލަސް އެއް ކަމަށެވެ.

 މި ދައުރުުގައި މަޖިލީހަށް 31 ބިލެއް ވަނީ ހުށަހަޅާފައިވެއެވެ.

އޭގެ ތެެރެއިން 14 ބިލް ނިމިފައިވާއިރު 17 ބިލް ނުނިމި ވާއިރު 21 ގަރާރެއް ހުށަހަށާފައިވެއެވެ.

9 ގަރާރެއް ނިންމާފައި ވާއިރު 12 ގަރާރުގެ މަސައްކަތް ނުނިމިވެއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރު ނިންމާ މެމްބަރުން ޗުއްޓީ އަށް ގޮސްފައި ވަނީ 5 ސެޕްޓެމްބަރުވީ، ބުރާސްފަތި ދުވަހުއެވެ.

މަޖިލީސް ޗުއްޓީއަށް ދިޔަނަމަވެސް މަޖިލީހުގެ 241 ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.  

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: