ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތައުލީމީ ގޮތުން ކުދިންގެ ސިކުނޑިތައް ހުޅުވަންޖެހޭ:ރައީސް

ފޮޓޯ:ސަންގު ..ކުޑަފަރީ ސުކޫލުގެ ރަންޔޫބީލް ޖަލްސާގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

އެހެން ސަރުކާރުތަކާއި އަޅާބަލާއިރު މިސަރުކާރުގެ ތަޢުލީމީ ސިޔާސަތުގެ އެންމެ ބޮޑު ތަފާތަކީ، ޢިލްމީ ގޮތުން ސިކުނޑިތައް ހުޅުވައިދިނުމާއެކު، ދިރިއުޅުމުގެ ޢަމަލީ މައިދާނަށް ކުދިން އަހުލުވެރި ކުރުވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހް މިފަދައިން ވިދާޅުވީ ނ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅު ކުޑަފަރީ ސްކޫލަށް 50 އަހަރުފުރޭ ރަންޔޫބީލް ޖަލްސާ ޝަރަފުވެރިކޮށްދެއްވަމުންނެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގެ މުޅި ތާރީޚުގައިވެސް، ރައްޔިތުންނަށް ކިޔަވައިދިނުމަށް ދައުލަތުގެ ފަރާތުން، އެންމެ ބޮޑު އެހީތެރިކަމެއް ދޭން ފެށީ އެމަނިކުފާނުގެ ވެރިކަމުގައި ކަމަށެވެ.

އަދުގެ ސަރުކާރުން ރައްޔިތުންނަށް ޚިދުމަތްކުރަން ނުކުމެ ތިބީ، ހުރިހާ ދާއިރާއަކުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ވަރަށް ގާތުން ބަލައި އޮޅުންފިލުވައިގެން ކަމަށާއި އަދި ތަޢުލީމީ ދާއިރާއާއި ގުޅޭ ގޮތުން ޓީޗަރުންނާއި ދަރިވަރުންނާއި އަދި ބެލެނިވެރިންގެ ހުރި ކަންބޮޑުވުންތަކާއި ޝަކުވާތައް ވަރަށް ކައިރިިން އަޑުއެއްްސެވި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

“އަޅުގަނޑުމެން ރައްޔިތުންނަށް ޚިދުމަތްކުރަން ނުކުމެ މިތިބީ، ހުރިހާ ދާއިރާއަކުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ވަރަށް ގާތުން ބަލައި އޮޅުންފިލުވައިގެން. ތަޢުލީމީ ދާއިރާއާއި ގުޅޭ ގޮތުން ޓީޗަރުންގެ ހުރި ކަންބޮޑުވުންތައް އަޅުގަނޑުމެން ބެލިން. ދަރިވަރުން އެންމެ ބޭނުންވާ ކަންކަން ދެނެގަނެ، ބެލެނިވެރިންގެ ޝަކުވާތައްވެސް އަޅުގަނޑުމެން އަޑުއެހިން” ރައީސް ސާލިޙް ވިދާޅުވިއެވެ.

ވަށާޖެހޭ ތަޢުލީމީ ނިޒާމެއްގެ ތެރެއިން، ބަރާބަރު ޖަޒީރާ ސްކޫލްތަކެއް ހިންގުމަށް މެނިފެސްޓޯގައި ކަނޑައެޅުއްވީ ދަރިވަރުންގެ ސިކުންޑިތައް އިލްމީ ގޮތުން ހުޅުވުމުގެ މަގުސަދު ހަސިލުކުރުމަށް ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެއްދަންފަޅިއަށް ކިޔަވައިދިނުމުގެ ނިޒާމަށް ރާއްޖޭގެ ހުރިހާ ސްކޫލްތައް ބަދަލުވުމުން، އޭގެ ނަތީޖާ ވަރަށް އަވަހަށް ފެންނަން ފަށާނެ ކަމަށެވެ.

ރައީސް ވިދާޅުވީ، މަތީ ތަޢުލީމް ޙާޞިލްކުރުމަށް ސަރުކާރުން ތަނަވަސްކޮށްދީފައިވާ ފުރުޞަތުތައް، ހަރުދަނާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އަދި އެ ފުރުސަތުގެ ބޭނުން ދަރިވަރުން އެންމެ ބޭނުންތެރި ގޮތުގައި ހިފާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

“އަޅުގަނޑު މިދަންނަވަނީ، ކިޔަވައިގެން މޮޅެތި ކުދިންނަށް ވުމަށް ތިޔަ ދަރިވަރުން މަސައްކަތް ކުރަންޖެހޭ ވާހަކަ. މިދަންނަވަނީ، އަޅުގަނޑުމެން މި ދެންނެވި ފުރުޞަތުތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް، ބެލެނިވެރިން ދަރިވަރުންނަށް މަގުދައްކައިދޭންޖެހޭ ވާހަކަ. އަދި މުދައްރިސުންނާއި ސްކޫލްތަކުގެ ވެރީން، އެ ނަތީޖާ ޙާޞިލްކުރަން އިތުރު މަސައްކަތް ކުރައްވެއްޖެ ކަމުގެ ވާހަކަ”.ރައީސް ސާލީޙް ވިދާޅުވިއެވެ. 

ރައީސުލްޖުމްހޫރުއްޔާގެ ވާހަކަފުޅުގައި ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ ވަކިރަށެއް ބާކީ ނުކުރުމުގެ ސިޔާސަތުކަން ފާހަގަކުރައްވަމުން، ކުޑަފަރީ ސްކޫލަށް ވެސް، ލިބެންޖެހޭ ވަސީލަތްތަކާ ހުރިހާ އެހީތެރިކަމެއް، ސަރުކާރުން ފޯރުކޮށްދެމުންދާނެކަމުގެ ކަށަވަރުކަން ދެއްވިއެވެ.

އެގޮތުން އެ ސްކޫލަށް މިހާރު ކުރިމަތިވެފައިވާ އިމާރާތުގެ ދަތިކަމަށް ޙައްލެއްގެނައުމުގެ ގޮތުން އެސްކޫލްގެ އާޢިމާރާތް އަންނަ އަހަރުގެ ބަޖެޓްގައި ހިމަނަން ނިންމަވާފައިވާކަން ރައީސް ހާމަކުރެއްވިއެވެ.

ރައީސް ވިދާޅުވީ  އެމަސައްކަތް އަންނަ އަހަރުގެ ތެރޭގައި ފެށިގެންދާނެކަން ފާހަގަކުރައްވައި އޭގެ އިތުރުން އެ ސްކޫލުގައި ހަދާ ސްމާޓް ކްލާސްރޫމްތަކުގެ މަސައްކަތް، މިއަހަރުގެ ތެރޭގައި ކުރިޔަށްގެންދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ކުޑަފަރީ ސްކޫލަށް ފަންސާސް އަހަރުފުރޭ ރަންޔޫބީލްގެ ޖަލްސާގައި އެ ސްކޫލުގެ ފަރާތުން ވަނީ ސްކޫލުން އަރުވާ އެންމެ މަތީ ޝަރަފުކަމުގައިވާ މަކްތަބުލް ހިދާޔާގެ ޝަރަފު ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައެވެ.

ރައީސް ޞާލިހް ނ.އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާފަ ހޯމަ ހުކުރު ދުވަހު ހެނދުނު މާލެ ވަޑައިގެންފައިވާއިރު، އެ ދަތުރުފުޅުގައި ރައީސް ވަނީ ނ.އަތޮޅުގެ އަތޮޅު ކައުންސިލް އިދާރާގެ އިސްވެރިންނާއި ވެސް ބައްދަލުކުރައްވާފައެވެ.

މީގެއިތުރުން ރައީސް ވަނީ ކުޑަފަރީގެ އިތުރުން ނ.މިލަދޫގެ ހިދާޔާ ސުކޫލުގެ ރަންޔޫބީލް ފާހަގަކުރެއްވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުވެސް ޝަރަފުވެރިކޮށްދެއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: