ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

184 މައްސަލަ ދަނީ ބަލަމުން: އޭސީސީ

ޝެއާރކޮށްލާ ކަހަލަދޯ؟

އެންޓި ކޮރަޕްޝަން ކޮމިޝަނުން މިހާރު ތަހްޤީޤު ކުރަމުންދާ މައްސަލަތަކުގެ ތެރެއިން ސަރުކާރުގެ ކުންފުނިތަކުން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ 184 މައްސަލައެއް ބަލަމުންދާ ކަމަށް އެ ކޮމިޝަނުގެ ރައީސް މުއައްވިޒް ރަޝީދު ވިދާޅުވެއްޖެއެވެ.

އޭސީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއައްވިޒް ވަނީ އޭސީސީން މިހާރު ބަލަމުން ގެންދާ މައްސަލަތަކާއި ގުޅޭގޮތުން ވާހަކަދައްކަވާފައވެ.

އޭގެ ތެރެއިން އެމްއައިޓީޑީސީ އިން ސިޔާސީ ޕާޓީއެއްގެ މަސައްކަތްތަކެއް ކުރުމަށް 1.9 މިލިއަންރުފިޔާ ހަރަދުކުރި މައްސަލައެއް ހިމެނެއެވެ.

އަދި ބަރެސްދޫ ޕްރޮޖެކްޓަށް ހަރަދުކުރުމުގައި ހިންގާފައިވާ ކޮރަޕްޝަނުގެ މައްސަލައަކާ ކުންފުނިން ހިންގި ޕްރޮޖެކްޓެއް ބޭރުގެ ބަޔަކަށް ދިނުމުގައި ހިންގާފައިވާ ކަމަށް ތުހްމަތުކުރެވޭ މައްސަލަތަކެއް ހިމެނޭ ކަމަށް މުއައްވިޒް ވަނީ ވިދާޅުވެފައިވެއެވެ.

 ކަރެކްޝަނަލް ސާރވިސް އާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އިދާރާ ގުޅޭ މައްސަލަތަކެއް ވެސް އެ ކޮމިޝަނުން ބަލަމުންދާކަން އޭނާ ހާމަކުރެއްވިއެވެ.

ކަރެކްޝަނާ ގުޅޭ ގޮތުން ބަލަމުންދަނީ އެ އިދާރާގެ ކޮމްޕްލެއިންސް އޮޑިޓުން ފާހަގަ ކުރެވުނު 10 މައްސަލައެއް ކަމަށްވެސް މުއައްވިޒް ވިދާޅުވެފައެވެ.

 އޭސީސީއިން ބެލި ގިނަ މައްސަލަތަކީ ވެސް ފާއިތުވި ފަސް އަހަރުގެ ތެރޭގައި ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތައް ކަމަށްވާއިރު އޭގެ ތެރެއިން ގިނަ މައްސަަލަތައް މިހާރު ނިމުމާ ހަމައަށް އައިސްފައިވާ ކަަމަށް އެ ކޮމިޝަނުން ބުނެއެވެ.

 އަދި އެ ކޮމިޝަންގެ އަމިއްލަ އިސްނެގުމަށް ވެސް މައްސަލަތައް ބެލިކަން އޭނާ ފާހަގަކުރެއްވިއެެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: