ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑރ.ޖަމީލް ރައީސް ޔާމީނާއެކު ކެމްޕެއިން ދަތުރު ކުރެއްވުމަކީ ޕާޓީގެ އުސޫލްތަކާ ޚިލާފްކަމެއް: ޖޭޕީ

ޑރ.ޖަމީލް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމާއި އެކު: ފޮޓޯ ވަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއެކު ކެމްޕެއިން ދަތުރެއްގައި އދ އަތޮޅަށް ފުރާވަޑައިގަތުމަކީ ޕާޓީގެ ސުލޫކާއި ހިލާފު ކަމެއްކަމަށް ޖުމްހޫރީ ޕާޓީ އިން ބުނެފިއެވެ. 

ޖުމްހޫރީ ޕާޓީ އިން ބުނީ ޑރ. ޖަމީލް އަދިވެސް ހުންނެވީ އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އެޑްވައިޒަރު ކަމުގެ މަގާމުގައި ކަމަށެވެ. 

އެހެން ނަމަވެސް މިއަދު ރައީސް ޔާމީނާއެކު ޑރ. ޖަމީލް އެކުރައްވާ ދަތުރަކީ ޕާޓީއަށް އެނގިގެން ކުރާ ކަމެއް ނޫންކަމަށް އެޕާޓީން ވަނީ ބުނެފައެވެ. 

އެޕާޓީން ބުނާގޮތުގައި ޑރ.ޖަމީލުގެ އެ އަމަލުގެ ސަބަބުން ޕާޓީގެ ކައުންސިލްގެ ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. 

ޑރ.ޖަމީލުގެ މިއަމަލާއި ގުޅިގެން ޕާޓީން އޭނާއަށް ފިޔަވަޅު އަޅައި، ޕާޓީން ވަކި ކުރުމަށް ޕާޓީގެ ކައުންސިލްގެ ގިނަބަޔަކު އެދޭ ކަމަށް ވެސް އެޕާޓީން ބުނެފައިވެއެވެ.

ޖޭޕީގެ ގަވައިދުތައް އޮންނަ ގޮތުން މެންބަރުންނަށް މި މައްސަލަ ސުލޫކީ މައްސަލައެއްގެ ގޮތުގައި ހުށަހެޅޭނެކަމަށް ވެސް އެޕާޓީއިން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: