ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީސް ޗުއްޓީއަށް ދިޔަޔަސް، 241 ކޮމިޓީ ގެ މަސައްކަތްތައް ކުރިއަށް!

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި، ރައީސް ނަޝީދު ވާހަކަދައްކަވަނީ . (ފޮޓޯ..ސަންގު)
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ މަސައްކަތްތައް ކުރިއަށް ގެންދަން ޖެހޭނެ ކަމަށް މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިންގެ މަޖިލީހުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ބުރާސްފަތި ދުވަހުގެ ޖަލްސާއަށްފަހު، މަޖިލީހުގެ މެންބަރުން ޗުއްޓީއަށް ވަޑައިގެންނެވި ނަމަވެސް ޗުއްޓީގެ ތެރޭގައި އެ ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ދާނެ ކަމަށެވެ.

މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ މެންބަރުން ނިންމެވި ގޮތުގެ މަތިން ބުރާސްފަތި ދުވަހުގެ ޖަލްސާއަށް ފަހު މި ހިނގާ ދައުރު ނިމިގެން މަޖިލީހުގެ މެންބަރުން ޗުއްޓީއަށް ވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެހެން ނަމަވެސް 241 ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު ވިދާޅުވީ، ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ޗުއްޓީ ދުވަސްވަރު ކުރިއަށް ދާނީ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން މަރާލި މައްސަލާގައި، މަރުތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނުން ތަހުގީގުކޮށް އެކުލަވައިލި ރިޕޯޓް ދިރާސާ ކުރުމުގެމަސައްކަތް ކަމަށެވެ.

  އޭގެ އިތުރުން ގައުމުގައި ކުއްލި ހާލަތެއް ދިމާވެއްޖެނަމަ މަޖިލީހުގެ ޖަލްސާ ބާއްވާނެ ކަމަށާއި އެފަދަ ހަލާތެއް ދިމާވެދާނެތީ ވެސް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ދާން ޖެހޭ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: