ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަނދިރި ދައުލަތް މުލުން ލުހެލަން ޖެހޭ: އީވާ

ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް، ގަލޮޅު އުތުރު ދާއިރާ މެމްބަރު އީވާ އަބްދުﷲ. ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ މީހުން ހިންގާ އަނދިރި ދައުލަތް ނައްތާލަން އެކަމާ ގުޅުން ހުރި ހުރިހާ އެންމެން ލުހެލައިގެން ވިޔަސް އެކަން ކުރަން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިިޔާސީ ކޮމިޝަން އިން ރިލްވާންގެ މަރުގެ މައްސަލާގައި އެކުލަވާލާފައިވާ ރިޕޯޓަށް ބަހުސް ކުރައްވާ ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ ރިލްވާން ރަހީނު ކޮށްގެން އޭނާ ދޯންޏެއް މަތީގައި މަރާލި މީހުން މިވަގުތު ސީރިޔާއަށް ގޮސް މަރުވެފައި ވެދާނެ ކަމަށެވެ.

އެހެން ނަމަވެސް އެކަންކަން ދުރާލައި ރާވާ އެކަމަށް ހަރަދުކޮށް ހިންގި މީހުން މިވަގުތު ވެސް މިނިވަންކަމާއެކު އުޅެމުންދާ ކަމަށާއި އެކަމާ ބިރު ގަންނަން ޖެހޭ ކަމަށެވެ.

އެކަމުގައި އަމަލީ ގޮތުން ބައިވެރިވީ ބައެއް މީހުން އެންގެން އޮތްއިރު އެކަމަށް ހިތްވަރުދޭ މީހުން ހިނގާ ވިޔަފާރިތައް ހުރިއިރު އެއީ ކޮންތަންތަނެއްކަން އިނގެންޖެހޭކަމަށް އީވާ ވަނީ ވިދާޅުވެފައެވެ.

ރިޕޯޓު ނެރުނުއިރު އެކަމުގައި އުޅުނު އެންމެންގެ ފައިގައި ޓެގު އެޅުވިފައި ހުންނަން ޖެހޭނެ ކަމަށާއި މި ބިރުވެރިކަމުން ސަލާމަތް ވާންޖެހޭކަމަށް އީވާ ވަނީ ވިދާޅުވެފައި. އީވާ ވިދާޅުވީ ރިލްވާން މަރާލި މީހުންނަށް ފާރަލައި ދިނީ ދިވެހި ފުލުހުން ކަމަށާއި ރިލްވާން މަރާލި މީހުން ސަލާމަތްވުމަށް ޕާސްޕޯޓުތައް ހައްދައި ދިނީ އިމިގްރޭޝަންގައި ތިބި ބައެއް ކަމަށް އަދި އެކަން ކުރަން ވެގެން ހަރަދު ކުރީ ރަށްތަކުގައި ތިބި ފައިސާ ވެރިންތަކެއް ކަމަށެވެ.

އެހެންކަމުން ރިލްވާން މަރާލުމަކީ ދިވެހި ދައުލަތުން ރާވައިގެން ހިންގި ކަމެކޭ ނުބުނެވޭނެ އެއްވެސް ޖާގައެއް ނެތް ކަމަށެވެ.

މުޅި ފުލުސް އޮފީހާއި އިންޓެލިޖަންސް ޑިޕާޓްމަންޓު ލުހެލައިގެން ނަމަވެސް މި ދައުލަތް ސަލާމަތް ކުރަން ޖެހޭ ކަމަށް އީވާ ވިދާޅުވިއެވެ. އަދި އެކަމަށްޓަކައި ގާނޫނުތަކަށް ބަދަލު ގެނެސްގެންނާއި ފަނޑިޔާރުގެތަކަށް ބަދަލު ގެނެސްގެން ނަމަވެސް އެކަމުން ސަލާމަތް ވާން ޖެހޭ ކަމަށް އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ މަންމައެއްގެ ލޯބިވާ، ރަހުމަތްތެރިންނަށް ހިނިތުން ގެނުވައިދިން ރިލްވާން މަރާލަން ފާރަލައިދީ ދިވެހި ފުލުހުން ނުކުމެ ކަމަށެް އަދި ރިލްވާން މަރާލި މީހުންނަށް ޕާސްޕޯޓުތަކާ އެއްޗެހި ހަދައިދިނީ އިމިގްރޭޝަނުގައި ތިބި ބަޔަކު ކަމަށެވެ.

ރިލްވާން މަރާލީ ދިވެހި ދައުލަތުން ރާވައިގެންނޭ ނުބުނެވޭނެ އެއްވެސް ޖާގައެއް ނެތް ކަމަށާއި އަނދިރީގައިވާ އަޑީގައިވާ ނުރައްކާތެރި ދައުލަތެއް ރާއްޖޭގައި އުފެދިފައިވާކަމާ މެދު މިހާރު ދިވެހި ރައްޔިތުންނަށް ޝައްކު ނުވާނެކަމަށެވެ.

އޮގަސްޓު 8، 2014 ވަނަ އަހަރު ރިލްވާން ގެއްލުނު ހާދިސާއާ ގުޅޭ ގޮތުން މަރު ކޮމިޝަން އިން ކުރި ތަހުގީގުގެ މައުލޫމާތުތައް ހާމަ ކުރުމަށް ރައީސް އޮފީހުގައި މިދިޔަ އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކޮމިޝަން ރައީސް ހުސްނު ސުއޫދު ވިދާޅުވީ ރިލްވާންގެ މަރުގެ މައްސަލައިގެ ފެށުމަކީ ދީނީ ގޮތުން ހައްދުފަހަނަ އަޅާފައިވާ ފިކުރުގެ ޖަމާއަތްތަކަކާއި ރާއްޖޭގައި އިންސާނީ ހައްގުތަކަށް ވަކާލާތުކޮށް ދީނީ މިނިވަންކަން ފެތުރުމަށް މަސައްކަތް ކުރާ މިނިވަން ފިކުރުގެ ބަޔަކާ ދެމެދު ހިނގި މައްސަލަތަކެއް ކަމަށެވެ. ރިލްވާން ހިމެނެނީ މިނިވަން ފިކުރުގެ މީހުންގެ ތެރޭގައި ކަމަށާއި އެ ފިކުރުގެ މީހުން މާލޭގައި ހިންގި ހަރަކާތްތައް ހިންގަން ފެށި ފަހުން ރިލްވާން އާއި އިތުރު ބައެއްގެ ލިސްޓެއް ހަދައި އެ މީހުން މަރާލުމަށް ޓާގެޓަކަށް ހަދާފައިވާ ކަމަށް ސުއޫދު ވިދާޅުވިއެވެ. އޭގެ ފަހުން ރިލްވާންއަށް ފާރަލަމުން ގެންދިޔަ ކަމަށާއި އެ މީހުންގެ ވާހަކަ ރިލްވާން ވެސް މިނިވަން ނޫހުގައި ލިޔެފައިވާ ކަމަށް ސުއޫދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: