ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑްރީމްލައިނާގެ ދަތުރުތައް ރާއްޖެއަށް ފަށައިފި

ސިންގަޕޯރ އެއަރލައިންސް ޑްރީމް ލައިނަރ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ސިންގަޕޯ އެއާލައިންސްގެ ފްލީޓުގައި ހިމެނޭ އެންމެ ޖާގަ ބޮޑު އެއް ފްލައިޓު ކަމަށްވާ ޑްރީމްލައިނާ އިން ރާއްޖެ އަށް ދަތުރުތައް ފަށައިފިއެވެ.

އާދިއްތަ ދުވަހުގެ ރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގަަ ޑްރީމްލައިނާ ހަތެެއް އަށެއް ހަތެއް ހައިފަން ދިހައެއް ފުރަތަމަ ފަހަރަށް ޖެއްސުމާއުކު ވަނީ ވޯޓާ ސެލިއުޓް އަރުވާފައެވެ. އެ ފްލައިޓަކީ ޖުމްލަ 337 މީހުންނަށް ތިބެވޭނެ ޖާގައިގެ ފްލައިޓެކެވެ.

އެ ފްލައިޓުގެ ސީޓުތަކުން އެންމެ ފަހުގެ ޓެކްނޮލޮޖީގެ ކެބިން ޕްރޮޑަކްޓު ތަކެއް ލިބެން ހުންނާނެއެވެ. އަދި އެ ކެބިންތައް ހާއްސަވާ އެއް ސަބަބަކީ ފްލައިޓަށް އެރުމުގެ ކުރިން ދުރާލާ ކެއުންތަކަށް ބުކިން ހައްދަން ފުރުސަތު ލިބުމެވެ.

ޑްރީމްލައިނާ ރާއްޖެއަށް ދަތުރުތައް ފެށުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވަނީ އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހާއި އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ބައިވެރިވެވަޑައިގަންނަވާފައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސިންގަޕޯ އެއާލައިންސްގެ ރާއްޖޭގެ ޖެނެރަލް މެނޭޖަރު އަހުމަދު ޒުހުރީ ވިދާޅުވީ ޓޫރިޒަމްގެ ޕީކް ސީޒަނާ ދިމާކޮށް ދަތުުރުތައް ފަށާފައިވާ އެ ފްލައިޓުން އޭޝިއާ ޔޫރަޕުގެ ގައުމު ތަކުން ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު އިތުރު ވެގެން ދާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: