ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސުޕުރީމް ކޯޓަށް ކުރިމަތިލުމުގެ މުއްދަތު ބުރާސްފައްޗަށް ދަމާލައިފި

ދިވެހިރާއްޖޭގެ ސުޕުރީމް ކޯޓަށް މިވަގުތު 3 ފަނޑިޔާރުން ބޭނުންވޭ. ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

މީގެ ދުވަސްކޮޅެއް ކުރިން ޖޭއެސްސީއިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޝައުގުވެރިވާ ބޭފުޅުންނަށް ފުރުސަތު ހުޅުވާލުމާ ގުޅިގެން އެ ފުރުސަތުގައި ހައިކޯޓުގެ ހަތަރު ފަނޑިޔާރަކު ކުރިމަތިލެއްވިއެވެ.

އެއީ ހައިކޯޓުގެ އިސް ފަނޑިޔާރުކަން ވެސް ކުރެއްވި ފަނޑިޔާރު އަލީ ސަމީރު އާއި ދާދި ފަހުން ހައިކޯޓަށް ވަޑައިގެންނެވި މުހައްމަދު ނިޔާޒުގެ އިތުރުން ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާއެވެ.

އެހެން ނަމަވެސް މިހާރު ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށެވެ.

ޖޭއެސްސީއިން ބުނީ ފަނޑިޔާރު ކަމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން މަގާމަށް އައްޔަން ކުރަން އެ ކޮމިޝަނަށް ބޭފުޅެއްގެ ނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވާނެ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެވޭނީ ޤާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާ ފަރާތްތަކަށެވެ.

އެހެން ނޫނީ ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން 7 (ހަތެއް) އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވާ ފަރާތަކަށް ވެސް އެފަރާތެއް ވާން ޖެހޭނެއެވެ.

ފަސް ފަނޑިޔާރުގެ ބެންޗެެއްގެ މައްޗަށް އެކުލެވިފައިވާ ސުޕްރީމް ކޯޓުގެ ބެންޗު ހަތަކަށް ހެދުމަށް ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފައިވާއިރު އެ ދެ މަގާމަށް ޑރ.އަޒްމިރަލްދާ ޒާހިރު އަދި އާއިޝާ ޝުޖޫން މުހައްމަދު އައްޔަންކުރުމަށް ރައީސް ސޯލިހު ލަފާދެއްވައި ޖޭއެސްސީއިން އެކަމަށް ތާއީދުކޮށް މަޖިލީހުންވެސް އެކަމަށް ތާއީދުކޮށްފައިވާތީ އާންމުންގެ ބައެއް ފަރާތްތަކާ ދީނީ އިލްމުވެރިންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ ފަރާތްތަކުން ބުނަމުންދަނީ ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން ލުމަކީ އިސްލާމީ ޝަރީއަތާ ފުށުއަރާކަމެއްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: