ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޟްވާން ވަނީ ކަނޑު އުޅަނދަކަށް އެރުވުމަށްފަހު މަރާލާފަ!

ޝެއާރކޮށްލާ ކަހަލަދޯ؟

ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން، ޑިންގީއެއްގައި ގެންގޮސް ކަނޑު އުޅަނދަކަށް ލުމަށްފަހު މާރާލާފައިކަމަށް، ގެއްލިފައިވާ މީހުންނާ މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އެކުލަވާލައްވާފައިވާ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވެއްޖެއެވެ.

ހުސްނުއް ސުއޫދު ވިދާޅުވީ މިހާތަނަށް ލިބުނު ހޯދުންތަކާއި ހެކި ބަހަށް ބަލާއިރު، ރިލްވާން އެރުވީ ޑިންގީއަކަށް ކަމަށާއި ރިލްވާން މަރާލީ ކަނޑު އުޅަނދެއްގައި ކަމަށެވެ. ސުއޫދު ވިދާޅުވީ ރިލްވާން އެރުވި އުޅަނދުގެ ވެރިފަރާތް ވެސް ހޯދިފައިވާ ކަމަށެވެ.

ރިލްވާން ގެއްލުނު ރޭ އޭނާ ހުޅުމާލެ އަށް އެރިކަން ސާބިތު ނުވާ ކަމަށް ކޯޓުގެ ހުކުމުގައި ބުނެފައި ވީނަމަވެސް ފެރީން ރިލްވާނާ ދިމާވި މީހުންގެ ވާހަކައިން އެނގޭގޮތުންނާ އަދި ރިލްވާންގެ ފޯނު ސިގްނަލް ހުޅުމާލޭގެ ސެލް ޓަވަރުތަކަށް ލިބިފައި ހުރުމުން އެ ރޭ ރިލްވާން ހުޅުމާލެ އަށް ދިޔަކަން ކަށަވަރުވާ ކަމަށް ސުއޫދު ވިދާޅުވިއެވެ.

ރިލްވާން އުޅޭ އެޕާޓްމަންޓް ކައިރީގައި އުޅޭ ދެ މީހަކު، ރިލްވާން ގެއްލުނު ރޭ ރަތް ކާރަކަށް ގަދަކަމުން މީހަކު އަރުވައިގެން ގެންދިޔަ ކަމަށް ބުނެފައިވާކަން ފާހަގަކުރައްވައި ސުއޫދު ވިދާޅުވީ އެ ދެ މީހުން ދެއްކި ވާހަކަ ވެސް ދިމާވާ ކަމަށެވެ.

އަދި ރިލްވާނަށް ބަޔަކު ފާރަލުމާއި، ރިލްވާން ހުޅުމާލޭ ފެރީ އަށް އަރައި އެ ރަށަށް ގޮސް ގެޔާ ހަމަޔަށް ދިޔުމަށް ހޭދަވާނެ ވަގުތާއި އެ ރޭ ރިލްވާން ގެއްލިފައި ވާތީ އާއި މި ކަންކަމަށް ބަލާއިރު ރިލްވާނާ މެދު ނުރައްކާތެރި އަމަލެއް ހިންގަން އުޅޭކަން އެނގޭތީ، އެ ރޭ ރަތް ކާރަށް ގަދަކަމުން އަރުވައިގެން ގެންދިޔައީ ރިލްވާން ކަމަށް އެކަށީގެންވާ ޝައްކެއް ނެތް މިންވަަރަށް ގަބޫލުކުރެވޭ ކަމަށްވެސް ސުއޫދު ވިދާޅުވެފައިވެއެވެ.

ކާރު ފަހަތުުން އިތުރު ތިން މީހަކު ސައިލުގައި އާދޭ. ގޮސް ރިލްވާން އަރުވާނީ، ޑީންގީއަކަށް. ޑިންގީއަކަށް އެރުވުމަށްފަހު، ކަނޑުގައި ދުއްވާ އުޅަނދަކަށް ގެންގޮސް އޭނާ ވަނީ މަރާލާފައި. މިހާތަނަށް ހޯދި ހޯދުންތަކުން އަޅުގަނޑުމެންނަށް ގަބޫލު ކުރެވެނީ ރިލްވާން މަރާލާފައިވަނީ މިދެންނެވި ޖަމާއަތުގެ ފަރާތުން މަރާލާފައި ކަން

ރިލްވާން ވަގަށް ނެގުމާއި ޔާމީން ރަޝީދު މަރާލުމުގައި ބައިވެރިވަނީ އެއް ބަޔަކު ކަމަށާއި އެ މީހުންގެ ނުރައްކާ ބޮޑުކަން ސުއޫދުގެ ވާހަކައިގައި ފާހަގަކުރައްވާފައިވާއިރު ރިލްވާން މަރާލަން އުޅުމުން ޝަހާދަތް ކިޔުމުން އޭނާ މަރާނުލަން އެއްބަޔަކު ބުނި ކަމަށާއި އެކަމަކު، ކުުށުގެ އަދަބަކަށް އޭނާ މަރަންޖެހޭ ކަމަށް ބުނެ ހިޔާލު ތަފާތުވީ ކަމަށް ބައެއް ހެކިބަސް ލިބިފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެހެންނަމަވެސްެ ހެކި ބަހުގެ ފުުށުއެރުންތަކެއް އުޅޭ ކަމަށް ސުއޫދު ވިދާޅުވެފައިވެއެވެ.

ތަފްސީލްތަކެއް ބަޔާންކޮށްދިނުމުގައި އެބަހުރި ތަފާތުތަކެއް، ދާ އޮޅައިލުމަށް ފަހު މަރާލީ ކަމަށް އަދި ޝަހާދަތް ލައިދިން ކަމަށް، ޝަހާދަތް ކީމާ މަރާލީ ކަމަށް ވެސް އެބަ ދައްކާ. އެހެންވީމާ ބައެއް މީހުންގެ ދޭތެރޭގައި ހިޔާލުތަފާތުވުން އުފެދުނު ކަމަށް ކީއްވެގެންތޯ ޝަހާދަތްކީމާ މަރާލަންވީ

ހުޅުމާލޭގައި ދެ މީހަކު ކިޑްނެޕްކުރަން އުޅޭ ކަމަށާއި އެކަމަށް ޑިންގީއެއް ތައްޔާރުކޮށްފައިވާ ކަމުގެ އިންޓެލް ރިޕޯޓެއް ކުރިން ލިބިފައި އޮތްކަން ފާހަގަކުރައްވައި ސުއޫދު ވަނީ އެ މައްސަލާގައި ތުހުމަތުކުރެވޭ ބައެއް މީހުން ފުރުން މަނާކުރުމުގެ ކޯޓު އަމުރަކަށް އެދިފައިވާކަމަށްވެސް ވިދާޅުވެފައެވެ.

އަދި ޑރ. އަފްރާޝީމްގެ މަރުގެ މައްސަލައިގެ ތަހުގީގު ވެސް ވަނީ ނިމުމަކާ ގާތްވެފައިވާކަމަށާއި އެކަމާ ގުޅޭ ތަފްސީލް ވަރަށް އަވަހަށް ހާމަކުރައްވާނެކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

ގެއްލުވާލާފައިވާ މީހުންނާއި މަރުތައް ބަލާ ކޮމިޝަނުން މީގެ ކުރިން ބުނެފައިވަނީ އޯގަސްޓް މަހުގެ ތެރޭގައި އެކޮމިޝަނުން ހުރިހާ މައްސަލަތަކެއް ބަލާ ނިންމާނެކަމަށެވެ.

އެހެން ނަމަވެސް ރިލްވާންގެ މަރުގެ ބައެއް ތަފްސީލް ދެއްވަމުން ސުއޫދު ވިދާޅުވީ އެކޮމިޝަނުން ޖުމްލަ 27 މައްސަލައެއް ބަލަމުންދާކަމަށާއި ނުނިމި 4 މައްސަލައެއް އެބައޮތްކަމަށެވެ.

އަދި އެއީ ތާރީޚެއް ކަނޑައަޅައިގެން ނިންމޭނެ މައްސަލަތަކެކޭ ބުނަން ދަތިކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: