ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝާހިދުވެސް ވިދާޅުވަނީ ރިލްވާންގެ އާއިލާއަށް އިންސާފު ހޯދައިދޭނެކަމަށް!

މިނިސްޓަރ ޝާހިދު ރިލްވާންގެ މައިންބަފައިންނާއެކު، 2015 ވަނަ އަހަރު ރައީސް ޔާމީންގެ ވެރިކަމުގައި ބޭއްވި އެއްވުމެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގައި އިންސާފު ހޯދައިދޭން މި ސަރުކާރުން ކެނޑިނޭޅި މަސައްކަތްކުރާނެ މިސަރުކާރުގެ އެކި ވެރިން އެދި ދުވަސްމަތިން ދައްކަވާ ވާހަކަތައް ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދުވެސް ތަކުރާރުކުރައްވައިފިއެވެ.

މިނިސްޓަރ ޝާހިދު މިފަދައިން ވިދާޅުވީ އިންޓަރނޭޝަނަލް ޑޭ އޮފް އެންފޯރސްޑް ޑިސެޕިއަރެންސަސްއާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ. ހާރިޖީ ވަޒީރު ޝާހިދު ވަނީ، އެއީ އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ކުށެއް ކަމަށް ވެސް ވިދާޅުވެފައެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ ދިވެހި ސަރުކާރު އޮތީ، މިފަދަ ކަންކަމާއި ދެކޮޅަށް ބައިނަލްއަގްވާމީ ފެންވަރެއްގައި މަސައްކަތްކުރަން ތައްޔާރަށް ކަމަށެވެ.

https://twitter.com/abdulla_shahid/status/1167422167547465735?s=20

ޝާހިދު މިފަދައިން ވިދާޅުވި އިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ހުވާކުރެއްވިތާ 24 ގަޑިއިރުގެ ތެރޭގައި، ރިޟްވާނަށް ވީގޮތް ހޯއްދަވާނެ ކަމަށް ވިދާޅުވެފައެވެ.

އެމަސައްކަތް ކުރުުމަށް ކޮމީޝަނެއް އުފެއްދި ނަމަވެސް ކޮމިޝަނުން ރިޟްވާން އަށް ވީގޮތެއް ބުނެފެވިފައި ނުވާ ކަމަށް ރިޟްވާންގެ އާއިލާއިން ބުނެއެވެ.

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލާފައިވަނީ 2014 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 8 ވަނަ ދުވަހުއެވެ.

ރިލްވާންގެ ގެއްލުވާލިތާ ފަސް އަހަރުވެފައިވާ އިރު، ފަސް އަހަރުވީ ދުވަހު ކުރެއްވި ޓްވީޓެއްގައި ހުސްނުއް ސުއޫދު ވަނީ މި މަސް ނިމުމުގެ ކުރިން އެކަމުގައި ޝާމިލްވާ ފަރާތްތަކާއި ކަން ހިނގައިދިޔަ ގޮތް ހާމަކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ދާދިފަހުން ރައީސް ނަޝީދުވެސް ވަނީ ރިލުވާން ގެއްލުވާލުމުގައި ބައިވެރިވި ފަރާތްތަށް ހޯދައި އިންސާފްގެ ކުރިމައްޗަށް ގެންނަންޖެހޭކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: