ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަރީއަތް ނިމެންދެން ޝަހީބް ބަންދުކުރި މައްސަލަ ސުޕްރީމް ކޯޓަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި ޝަހީބް އިބްރާހިމް ޝަރީއަތް ނިންމެންދެން ބަންދުކުރި މައްސަލަ ސުޕްރީމްކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

މި މައްސަލަ އިސްތިއުނާފުކުރީ އޭނާގެ ފަރާތުންނެވެ. އެ މައްސަލައިގެ އަޑުއެހުމެއް އަންނަ އާދިއްތަ ދުވަހަށް ވަނީ ތާވަލުކޮށްފައެވެ.

މަސްތުވާތަކެތީގެ ވިޔަފާރީ ފުޅާ ދާއިރާއެއްގައި ކުރާ ބޮޑު ނެޓްވޯކެއްގެ އިސްމީހެއްގެ ގޮތުގައި ފުލުހުން ތުހުމަތުކުރާ ޝަހީބާއި އިތުރު ބަޔަކު ހައްޔަރުކުރީ މިދިޔަ އޮކްޓޯބަރު މަހުއެވެ. އެމީހުން ހައްޔަރުކުރީ ހުޅުމާލޭ ފަޅުތެރޭގައި އޮތް ކަންނެލި ދޯންޏަކުން 130 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލާގައެވެ.

މި މައްސަލާގައި އޭނާ ހައްޔަރުކޮށް ބަންދުކޮށްފައިވަނިކޮށް ކްރިމިނަލްކޯޓުން ވަނީ އޭނާ ޝަރުތުތަކާއި އެކު މިނިވަންކޮށްފައެވެ. އެ މައްސަލަ ދައުލަތުން ހައިކޯޓްގައި އިސްތިއުނާފުކުރުން އެކޯޓުން އަމުރުކުރީ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓާށެވެ.

ޝަހީބަކީ 2019 ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އިރާން ބޯޓުގެ މައްސަލައާ ގުޅުން އޮތް މީހެއްކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: