ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތޫފާނުގެ އަސަރު ރާއްޖެއަށް ކުރަން ފަށައިފި

މޫސުން
ޝެއާރކޮށްލާ ކަހަލަދޯ؟

ސްރީ ލަންކާ ކައިރިން އުފެދިން ދަތުރުކުރަމުންދާ ތޫފާން “ބުރެވި”ގެ އަސަރު މިހާރު ރާއްޖެއަށް ކުރަން ފަށާފައިވާ ކަމަށް މޯލްޑިވްސް މީޓިއޮރޯލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ބުނެފި އެވެ.

މެޓް އޮފީހުން ވިދާޅުވީ، މި ތޫފާން މިހާރު ހުރީ ރާއްޖޭގެ ހއ. ކެލާ 770 މީޓަރު ދުރުން އިރުއުތުރުގައި ކަމަށެވެ.

މެޓް އޮފީހުން ބުނެފައިވަނީ ރާއްޖޭގެ ސަރަހައްދަށް މިހާރު ދަނީ މަޑުމަޑުން ވައިގަދަވަމުން ކަމަށެވެ. އެހެން ނަމަވެސް ރާއްޖޭގެ މޫސުން އާދަޔާ ހިލާފަށް ގޯސްވެދާނެ ކަމަށް އަދި ނުބެލެވޭ ކަމަށް މެޓް އޮފީހުން ބުނެ އެވެ.

އެހެން ނަމަވެސް ރާއްޖެއަށް އެ ތޫފާނުގެ އަސަރު ބޮޑަށް ކުރާނެ ކަން އެނގޭނީ އެ ތޫފާން ދަތުރުކުރާނެ މަގު ކަށަވަރު ވުމުން ކަމަށް މެޓް އިން ބުނެ އެވެ.

ކުރިއަށް އޮތް ދެ ދުވަހެއްގައި އެކި ހިސާބުތަކަށް ކޮންމެވެސް ވަރަކަށް ވާރޭވެހި، ތިން ދުވަހެއް ވަރު ވައިގަދަވާނެކަމަށާއި ކަނޑު ދަތުރު ކުރައްވާ ފަރާތްތައްވެސް މޫސުމާއި ސަމާލުވުމަށް އެެދޭ ކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: