ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިން ހިއްކާފައި ހުރި ރަށްރަށުން އެހެން ރަށްރަށުގެ މީހުންނަށް ގޯތި ވިއްކުމުގެ ވިސްނުމެއް!

މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓަރކްޗަރ މުހައްމަދު އަސްލަލް
ޝެއާރކޮށްލާ ކަހަލަދޯ؟

ބިން ހިއްކާފައި ހުރި ރަށްރަށުން، އެހެން ރަަށްރަށުގެ މީހުންނަށް ގޯތި ދޫކުރުމުގެ ވިސްނުން އެބަހުރިކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓަރކްޗަރ މުހައްމަދު އަސްލަލް ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު މަޖިލީހުގެ ޖަލްސާއަށް މިނިސްޓަރ ހާޒިރު ކުރެއްވުމާއެކު، މެމްބަރުންނަށް އިތުރު ސުވާލުކުރުމަށް ލިބުނު ފުރުސަތުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ، މިއީ އެބޭފުޅާވެސް ތާއީދުކުރައްވާ ކަމެއްކަމަށާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިންނަވާ ކޮމެޓީއަކުންވެސް މިކަން ފާސްކޮށްފައިވާ ކަމަށެވެ. އެގޮތުން ބިން ހިއްކާފައި ހުރި ރަށްރަށުން، އެހެން ރަށްރަށުގެ މީހުންނަށް ގޯތިވިއްކުމުގެ އުސޫލެއް ގާއިމްކުރުމަކީ ތާއީދުކުރައްވާ ކަމެއް ކަމަށެވެ.

އެހެން ނަމަވެސް، މިވާހަކަ ދެކެވޭއިރު، އެއް ފަހަރު މިވާހަކައަށް ތާއީދު ކުރުމަށްފަހު އެބޭފުޅަކު އަމިއްލައަށް ނިސްބަތްވާ ރަށުގެ ވާހަކަދެކެވުމުން، އެރަށުން އެހެން ރަށެއްގެ މީހަކަށް ގޯތި ވިއްކަން ދެކޮޅު ހަދާ ކަމަށް ވިދާޅުވިއެވެ. އަދި މިއީ ބަދަލުކުރަންޖެހޭ ވިސްނުމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ޒަމާނުއްސުރެ ރާއްޖޭގައި ގޯތި ދޫކުރަމުން އައިސްފައިވަނީ ބަންޑާރަ ގޯތި ދޫކުރާ އުސޫލުން ކަމަށާއި އަދި ގޯތި ވިއްކާ ވާހަކަ ދައްކަނީ އެއުސޫލު ބަދަލުކުރުމުގެ ނިޔަތުގައި ނޫން ކަމަށެވެ. އެހެންނަމަވެސް، ވިޔަފާރި އުސޫލޫން ކޮންމެވެސް ވަރަކަށް ގޯތި ވިއްކުމުގެ މަސައްކަތް ކުރުމަކީ ފައިދާހުރި ގޮތެއް ކަމަށާއި ރާއްޖޭގެ ބިމުގެ އަގުތައްވެސް ރަނގަޅުކަމަށް ފެންނަމަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރަށް މިނިސްޓަރ ވިދާޅުވީ، ބިމުގެ އަގު ބޮޑުކަމަށް ބެލެވޭ ރަށްތަކުން ގޯތި ވިއްކުމަށް ހުޅުވާލައިފިނަމަ،  އެރަށަށްވެސް ތަރައްގީ އަންނާނެކަމަށް ގަބޫލުކުރައްވާކަމަށެވެ. އަދި އެގޮތަށް، ބިން ގަނެގެން ވަޒަންވެރިވުމަށް އަންނާނީ ނިކަމެތި މީހުން ނޫންކަމަށާއި، އެހެން ރަށްރަށުގެ ތަނަވަސް ދިރިއުޅުމެއް އުޅެމުންދާބައެއްކަމަށް ވިދާޅުވިއެވެ. އަދި ރަށަށް އަންނަ ތަރައްގީގައި އެފަދަ މީހުންގެ ހިއްސާ އޮންނާނެކަން ފާހަގަކުރެއްވިއެވެ.

މިކަމުގައި މަޖިލީހުގެ މެމްބަރުންނާއި ކައުންސިލްތަކުން ދެކޭގޮތް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވާކަމަށާއި މިކަމަކީ މަޝްވަރާކޮށްގެން ކުރިއަސް ގެންދެވޭނެ މަސައްކަތެއްކަން ފާހަގަކުރެއްވިއެވެ. މިވަގުތު ރާއްޖޭގައި ބިން ހުރި މިންވަރާއި ބިން ވިއްކޭނެ ބޭސް ރޭޓާއި އެމިންވަރަށް ވިކިއްޖެނަމަ ރަށަށް ވާނެ ފައިދާގެ ނިސްބަތްވެސް އަންދާޒާކުރެވިފައިވާކަމަށް ވިދާޅުވިއެވެ. އަދި މަޖިލީހުގެ މެމްބަރުންނާއެކު މިމަސައްކަތްކުރެވޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް މިނިސްޓަރ ވަނީ މަޖިލީހުގެ ރައީސްގެ އަރިހުން އެދިވަޑައިގެންފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: