ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހާއްސަ ހުދައިގެ ދަށުން ރަށްރަށަށް ދެވޭނީ ނެގެޓިވް ނަތީޖާއާއެކު

ކޮވިޑަށް ޓެސްޓުކުރުމަށް ސާމްޕަލް ނަގަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރަށްރަށަށް ހިދުމަތް ދިނުމަށާއި، މަޝްރޫއުތަކުގެ މަސައްކަތް ހިންގުމަށް ހުއްދަ ލިބިގެން ކުރާ ދަތުރުކުރާ ފަރާތްތަކަށް ދެން ދެވޭނީ ނެގެޓިވް ޕީސީއާރް ނަތީޖާއާއެކު އެކު ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވެއްެޖެއެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވައި ނެރުއްވި އުސޫލުގައިވާ ގޮތުން ރާއްޖޭގައި ކޮވިޑް-19 ކޮންޓްރޯލްކޮށް އާންމު ރައްުޔިތުންގެ ސިއްހަތާއި ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ބަދަލު ގެންނަން ނިންމާފައި ވެއެވެ.

މި ބަދަލުތަކަށް އަމަލު ކުރަމުން ގެންދާނީ އަންނަ ހުކުރު ދުވަހުން ފެށިގެންނެވެ.

އެ އުސޫލުަގައި އިތުރަށް ވަނީ ކޮންމެހެން ދޭން ޖެހޭ ހިދުމަތެއް ދިނުމަށާއި އެކިއެކި މަޝްރޫއުތަކުގެ މަސައްކަތް ހިންގުމަށް ހުއްދަ ލިބިގެން ކުރު މުއްދަތަށް މާލެ އިން އަތޮޅުތެރެއަށް ދަތުރު ކުރާ މީހުން 72 ގަޑިއިރު ނުވާ ޕީސީއާރު ނަތީޖާއާއެކު ދަތުރު ކުރަން ވާނެ ކަމަށް ވިދާޅުވެފައެވެ.

މިގޮތަށް ހަދާ ޓެސްޓަށް ހަރަދު ކުރަން ވާނީ ދަތުރު ކުރާ ފަރާތުން ނުވަތަ ދަތުރުގައި ބައިވެރިވާ ފަރާތުގެ ކުންފުނި ނުވަތަ އޮފީހަކުން ކަމަށް އުސޫލުގައިވެއެވެ.

އަދި މީގެ އިތުރުންވެސް ބަދަލުތަކެއްވަނީ ގެނެސްފައެވެ. އެގޮތުން ކަރަންޓީންވާން ޖެހޭ މުއްދަތުވަނީ 10 ދުވަހައް ކުރުކޮށްފައެވެ. އަދި މީހުން ދިރިއުޅޭ ރަށްރަށުގައި މާސްކް އެޅުންވަނީ މަޖުބޫރު ކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: