ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

15 އަހަރުގެ ސްކޫލް ދަރިވަރެެއް، ކުއްޖަކު ރޭޕް ކުރިކަމަށް ބުނާ މައްސަލައެއް ބަލަނީ

ޖިންސީ ގޯނާއާއި ދެކޮޅަށް ވީއޯސީއިން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

15 އަހަރުގެ ސްކޫލެއްގެ ދަރިވަރަކު އަންހެން ކުއްޖަކު ރޭޕް ކުރިކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރެމުން ދާ މައްސަލަ ބަލަން ފަށާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ބުނެފި އެވެ.

މާލޭގެ ސްކޫލެއްގައި ތައުލީމް ހާސިލް ކުރަމުން އަންނަ ދަރިވަރަކު އަންހެން ކުއްޖަކު ރޭޕް ކުރި ކަމަށް އެއްބަސްވެފައި ވާ ޗެޓް ލޮގްގެ ސްކްރީން ޝޮޓްތަކެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެނގިފައިވާ ގޮތުން އެ އަމަލު ހިންގާފައި ވަނީ 15 އަހަރުގެ ކުއްޖެކެވެ. އެހެން ނަމަވެސް އެއީ މިދިޔަ އަހަރު ހިނގިކަމަކަށް ވުމުން އޭރު އެ ފިރިހެން ކުއްޖާގެ އުމުރުން 14 އަހަރުކަމަށް މައުލޫމާތު ލިބެއެވެ.

އެކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އެ މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައުމާއި އެކު މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އަދި މިއީ މިނިސްޓްރީން ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުން އަންނަ މައްސަލަތަކެއް ކަމަށް ބުންޏެވެ.

މި މައްސަލަ ފުލުހުންނާއި ޖެންޑާއިން ތަހުގީގު ކުރާކަަން އަދި ސާފެއް ނުވެއެވެ.

އަންހެން ކުއްޖާ ރޭޕް ކޮށްފައިވާ ކަމަށް އެއްބަސްވެފައިވާ އިރު، އެ ފިރިހެން ކުއްޖާ އެކަން ކުރީ މިދިޔަ އަހަރުގެ ތެރޭގައި ކަމަށް ޗެޓް ލޮގްތަކުގައި ބުނެފައިވެއެވެ. އަދި އެކަމަށް އޭނާ އެއްބަސްވެ މާފަށް އެދެއެވެ.

ވަރަށް ގަދަ
20%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 20%ވަރަށް ދެރަ 60%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: