ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާދަމާގެ ޖަލްސާގައި މިނިސްޓަރު އަސްލަމްއާ ސުވާލު ކުރަނީ

މިނިސްޓަރ އަސްލަމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ.. ފޮޓޯ:ވަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

މިނިސްޓަރ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރު މުޙައްމަދު އަސްލަމް މާދަމާގެ މަޖިލީހަށް ހާޒިރު ކުރުމަށް އެޖެންޑާކޮށްފިއެވެ.

މާދަމާގެ ޖަލްސާގައި ދެމެމްބަރަކު ވަނީ އަސްލަމްްއާއި ސުވާލުކުރުމަށް އެދިވަޑައިގެންފައެވެ. އެހެންކަމުން މާދަމާ ގަޑިއެއްހާއިރު ވަންދެން އަސްލަމް މަޖިލީހުގައި މެމްބަރުން ކުރައްވާ ސުވާލުތަކަށް ޖަވާބު ދެއްވާނެއެވެ.

އަސްލަމްއާއި ފުރަތަމަ ކުރައްވާ ސުވާލު ކުރައްވަނީ ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް އެވެ. އޭނާ ކުރައްވާ ދެ ސުވާލަކީ ށ. ބިލެތްފަހި ބަނދަރުގެ މަސައްކަތް ލަސްވާ ސަބަބާއި އެ ބަނދަރުގެ މަސައްކަތް ފެށޭނެ ތާރީހެވެ.

އަސްލަމްއާ މާދަމާ ދެން ސުވާލު ކުރެއްވުމަށް ހަމަޖެހިފައި ވަނީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަތީފްއެވެ. އޭނާ ކުރައްވާ ސުވާލަކީ ގދ.ފަރެސްމާތޮޑާ ދާއިރާއަކީ ގިނަ ބަޔަކު މަސްވެރިކަމުން ނަފާ ހޯދަމުން އަންނަ ދާއިރާއެއް
ކަމުގައިވާއިރު، އިޤްތިޞާދީ ތަފާތު މަސައްކަތްތައް ފުޅާކުރުމުގެ ގޮތުން އެ ދާއިރާގައި އެއާޕޯޓެއް އުޅެމަށް ކުރެވޭ މަސައްކަތާ މެދުއެވެ. އަދި އެއާޕޯޓު ބަޔަކާ ހަވާލުކުރެވޭނީ ކޮންއިރަކުތޯ އާއި އަދި ޢަމަލީ މަސައްކަތް ފެށި މަސައްކަތް ނިމެނީ ކިހާ ދުވަހަކުންތޯއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: