ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“7 ފެބްރުއަރީގައި ފުލުހުން ހިންގި ކަންކަން ނުހިނގާ ކަމަށް ދެކުމަކީ ގެއްލުމެއް”

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ފެބްރުއަރީ 7، 2012ގައި ފުލުހުން ހިންގި ކަންކަން އެއީ ނުހިނގާ ކަމެއްގެ ގޮތުގައި ދެކުމަކީ ރާއްޖެ އަށް ދެވޭ ގެއްލުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ދުވަހު ފުލުހުން ނިކުމެ ހިންގި “މިއުޓިނީ” އެއީ ނުހިނގާ ކަމެއްގެ ގޮތުގައި ދެކި ފުލުހުންގެ ގާނޫނަށް އިސްލާހު ގެންނަން ވިސްނައިފިނަމަ އެއީ ޒަމާންތަކެއް ވަންދެން ރާއްޖެ އަށް ދެވޭނެ ބޮޑު ގެއްލުމެއް ކަމަށެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވެސް ނަޝީދު ވަނީ ފުލުހުންގެ ބިލަށް ބައެއް އިސްލާހުތައް ކޮމިޓީން ގެނެސްފައި ނުވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެގޮތުން ނަޝީދު ވިދާޅުވީ ފުލުހުންގެ ބިލަކީ ވަރަށް ގިނަ ބައެއްގެ ޝައުގުވެރިކަން ހުރި ބިލެއް ކަމަށާއި ނަމަވެސް އެމަނިކުފާނުގެ ޝައުގުވެރިކަމަށް ކޮމިޓީން މާބޮޑު އަޅާލުމެއް ބަހައްޓާފައި ނުވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: