ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަންނާނެ ތަނެއް ނެތި ތިބި މީހުން ގުޅިފަޅަށް ގެންދަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި މަގުމަތިވެފައި ތިބި މީހުންނަށް ވަގުތީ ބޯހިޔާވަހިކަމެއް ހޯދާދިނުމަށް ސަރުކާރުން އެމީހުން ގުޅިފަޅަށް ބަދަލުކުރުމަށް ނިންމައިފިއެވެ.

މި ނިންމުން ނިންމާފައިވަނީ ނެޝަނަލް ޑްރަގް އޭޖެންސީ(އެންޑީއޭ) އިން ބޭއްވި ބޯޑު ބައްދަލުވުމަކަށް ފަހުގައެވެ.

އެންޑީއޭގެ ޗެއާމަން އަބްދުލް ހަމީދާ ހަވާލާދީ ބައެއް މީޑިއާ ތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި ވަންނާނެ ތަނެއް ނެތް މީހުން ފުރަތަމަ ބަލަން ޖެހޭ ބެލުންތައް ބެލުމަށް ގެންދާނީ ގުޅި ފަޅަށެވެ.

އަދި އެންޑީއޭއިން ބެލުމަށް ފަހު އެމީހުންގެ ތެރޭގައި މަސްތުވާތަކެއްޗާ ގުޅިފައި ތިބި މީހުން، ފަރުކޮޅުފުށީގައި ހުރި ޑިޓޮކްސް ސެންޓަރަށް ގެންގޮސް އެތަނުން ފަރުވާދިނުމަށްވަނީ ހަަމަޖެހިފައެވެ.

މިކަމާ ގުޅޭގޮތުން ޖެންޑާ މިނިސްޓްރީން ބުނެފައިވަނީ ގުޅިފަޅަށް ގެންދާނީ ބޯހިޔާވަހިކަމެއް ނެތް މީހުންގެ ރުހުން ލިބުމުން ކަމަށެވެ.

ކޮވިޑް 19 ގެ ސަބަބުންނާއި އެހެނިހެންވެސ ސަބަބުތަކާއި ހުރެ ބޯހިޔާވަހިކަމެއް ނެތް އެތައްބަޔަކު ދަނީ މާލޭގެ މަގުތަކާއި އެކި ސަރަހައްދުތަކުގައި ދިރިއުޅެމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 67%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: