ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދުއާއަކީ ރައީސް ޔާމީން މިނިވަންވުން: ރައީސް ނަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ދުއާއަކީ ރައީސް އަބްދުﷲ ޔާމީންގެ ހުކުމަށް ލުޔެއް ލިބި އަވަހަށް މިނިވަންވުންކަމަށް މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ތަޅުމުގައި ފުނަދޫދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ވާހަކަދައްކަވަމުން ވަނީ ރައީސް ޔާމީން ޖަލަށް ލެވުނުތާ އެއް އަހަރު ފާހަގަކުރުމަށް ކަނޑުމަތީގައި ބޭއްވި ހަރަކާތަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި މެމްބަރު އަހުމަދު ޝިޔާމާއި އަހުމަދު ސައީދު ފަދަ ބޭފުޅުން އެކަމާއި ހިތާމަކުރައްވަން ތިއްބެވިއިރު، ބައެއް މެމްބަރުން ވަޑައިގެންނެވީ ސަކަރާތްޖެހުމަށްކަމަށް ވިދާޅުވިއެވެ. އަދި ރައީސް ޔާމީން އެއް އަހަރު ދުވަސް ވަަންދެން ޖަލުގައި އޮންނެވުމުގެ އުފާވެރި މުނާސަބާ ފާހަގަކުރެއްވިކަމަށް ވިދާޅުވިއެވެ.

މެމްބަރު ޝާހިދުގެ ވާހަކަ މިހިސާބަށް ދިޔުމުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ނިޒާމީ ނުކުތާއެއް ނަންގަވައި ޝާހިދުގެ ވާހަކަތަކަށް ވަނީ ރައްދު ދެއްވާފައެވެ. ޝިޔާމް ވިދާޅުވީ ނުހައްގުން ފަސް އަހަރު ޖަހާފައިވާ ކަމަށާއި ފަސް އަހަރު ވިއްޔާ ފަސް އަހަރުވެސް ރައީސް ޔާމީން ޖަލުގައި އޮންނަވާނެ ކަމަށެވެ. އެކަމާއި ކަންބޮޑުވާ ކަމަށާއި އެއީ ނަހަލާލު ހުކުމެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

މިވާހަކަތަކާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ދުއާއަކީވެސް ރައީސް ޔާމީންގެ ހުކުމަށް ލުޔެއް ލިބުންކަމަށެވެ. އަދި ރައީސް ޔާމީން އަވަހަށް މިނިވަންވުމަކީވެސް އެމަނިކުފާނުގެ ދުއާ ކަމުގައި ވިދާޅުވިއެވެ.

ރައީސް ޔާމީން ޖަލަށް ލެވުނުތާ އެއް އަހަރު ފުރުމާއި ގުޅިގެން އިދިކޮޅުން ވަނީ ކަނޑުމަތީގައި ޚާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގައި އިދކޮޅުގެ ލީޑަރުންނާއި އާންމު މެމްބަރުން ބައިވެރިވެވަޑައިގެންފައިވާއިރު މިބޭފުޅުންގެ ތެރޭގައި މެމްބަރު ޝިޔާމްވެސް ހިމެނިވަޑައިގަންނަވައެވެ.

މަނީ ލޯންޑްރިންގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރު ދުވަހުގެ ހުކުމެއް އިއްވާފައިވާއިރު، އިތުރު ދެދައުވާއެއްކޮށް އަންނަނީ ޝަރީއަތްތައް ކުރިއަށް ގެންދަމުންނެވެ. ރައީސް ޔާމީންގެ މައްޗަށް އިއްވާފާއިވަނީ ހަރާމް ހުކުމެއްކަމަށް ވިދާޅުވެ، ހުކުމް އިއްވި ފަނޑިޔާރު އަލީ ރަޝީދަށްވެސް އަންނަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: