ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑރ. އިބްރާހީމް އުމަރު މަނިކުގެ އާއިލާއަށް ކޮކާ ކޯލާ ކުންފުނިން ތައުޒިޔާ ފޮނުވައިފި

ޑރ. އިބްރާހިމް އުމަރުމަނިކު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ޓޫރިޒަމަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި ޔުނިވާސަލް އެންޓަޕްރައިސަސްގެ އެއް ޑިރެކްޓަރު ޑރ. އިބްރާހިމް އުމަރުމަނިކު އަވަހާރަވުމާ ގުޅިގެން، އާއިލާއަށް ކޮކާ ކޯލާ ކުންފުނިން ތައުޒިޔާ ފޮނުވައިފިއެވެ.

ޑރ. އިބްރާހިމް އުމަރު މަނިކު އަވަހާރަވީ ހިތްޕުޅުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ސިންގަޕޫރުގައެވެ.

ޑރ. އިބްރާހިމް އުމަރުމަނިކަކީ، ޔުނިވާސަލް އެންޓަޕްރައިޒަސް ލިމިޓެޑުގެ އެއް ޑައިރެކްޓަރުވެސް މެއެވެ. އަދި މާލޭ އެރޭޓޭޑް ވޯޓާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އުފެއްދެވީވެސް އިބްރާހީމް އުމަރު މަނިކެވެ. އަދި ކޮކާކޯލާގެ އުފެއްދުންތައް ރާއްޖެއަށް ގެންނެވުމުގައިވެސް ވަނީ މުހިއްމު ދައުރެއް އަދާކުރައްވާފައެވެ. ޔުނިވާސަލްގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު)ގެ ކޮއްކޯފުޅު ޑރ. އިބްރާހިމް އުމަރު މަނިކަކީ ރާއްޖޭގެ ފުރަތަމަ ހޭނައްތާ ޑޮކްޓަރެވެ. އަދި އޭނާ ވަނީ ގިނަ ދުވަސްތަކެއް ވަންދެން ސެންޓްރަލް ހޮސްޕިޓަލުގައި ހިދުމަތް ކުރައްވައިފައެވެ.

ކޮކާ ކޯލާ ކުންފުނީގެ ތައުޒިޔާގެ މެސެޖުގައި ބުނެފައިވަނީ ޑރ. އުމަރު މަނިކަކީ ވިޔަފާރީގެ ދާއިރާގައި ހިންގުންތެރި، ސިއްހީ ދާއިރާގެ ގިނަ ތަޖުރިބާތަކެއް ލިބިވަޑައިގެންފައިވާ ބޭފުޅެއް ކަމަށެވެ. އަދި ޑރ. އުމަރު މަނިކު ވަނީ ދިވެހި ގައުމަށް އަގުހުރި ހިދުމަތްތަކެއް ކުރައްވާފައިކަން ކޮކާކޯލާއިން ފާހަގަކުރިއެވެ. އޭގެ ތެރޭގައި ކޮކާކޯލާ ކުންފުންޏާއި މެދު ބޭއްވި ގާތް ގުޅުން އެ ކުންފުނިން ފާހަގަ ކުރިއެވެ.

މީގެ އިތުރުން ކޮކާކޯލާއިން ބުނެފައިވަނީ ޑރ. އުމަރު މަނިކު އަކީ، ވިސްނުންތެރި، ހީވާގި، ހިތްހެޔޮ ބޭފުޅެއް ކަމަށެވެ. އަދި އެމަނިކުފާނުގެ އެހީގެ ދަށުން ވިޔަފާރިތައް ފުޅާވުމުގައި ގިނަ އެހީތަކެއް ލިބިގެން ދިޔަކަން ފާހަގަ ކުރިއެވެ.

ކޮކާކޯލާގެ އުފެއްދުންތައް ރާއްޖެއަށް ގެންނެވުމުގައިވެސް ވަނީ މުހިއްމު ދައުރެއް އަދާކުރެއްވި އިރު އިގްތިސޯދީ މަސައްކަތް ކުރިއެރުވުމުގެ ރޮނގުން 1998 ވަނަ އަހަރު އެ ކުންފުންޏަށް ވަނީ އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ސަރުކާރުން ވަނީ ދީފައެވެ. އެ ކުންފުނީގެ މަސައްކަތް ފުރަތަމަ ފެށުނީ 1983 ވަނަ އަހަރުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: