ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކޭނެ ގޮތެއް ހޯދަންޖެހޭ: ޝަހީމް

ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ފަތުރިކަން އޮތް މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކޭނެ ގޮތެއް ހޯދައި، އެކަން ކުރެވޭނެ ގޮތާއި، އެމަގު ފަހި ކުރަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެމްބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ދައުލަތުގެ ބަޖެޓު ދިރާސާކޮށް ބަޖެޓު ކޮމިޓީން ތައްޔާރުކުރި ރިޕޯޓާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން މެންބަރު ޝަހީމް ވިދާޅުވީ ބަޖެޓުގެ ހަގީގީ ފައިދާ ރައްޔިތުންނަށް ލިބުމަށް ހުރިހާ މެންބަރުންވެސް އެދިވަޑައިގަންނަވާ ކަމަށާއި އެގޮތުން ރައްޔިތުންގެ ހާލަތު ރަނގަޅުކުރުމަށްޓަކައި މިހާރު ރާއްޖެއަށް ވަންނަ މިންވަރަށްވުރެ ގިނައިން ރާއްޖެއަށް ފައިސާ ވަންނާނެ އިންތިޒާމު ހަމަޖެހުމަކީ ބޭނުންތެރިކަމެއް ކަމަށެވެ.

ގެސްޓު ހައުސް ވިޔަފާރި ފެށިގެންދިޔައިރު ގިނަ ބައެއްގެ ނުރުހުން އެކަމަށް އަމާޒުވި ނަމަވެސް މިހާރު ރައްޔިތުންނަށް އެ ވިޔަފާރީގެ ސީދާ ނަފާ ލިބޭ ކަމުގައި ޝަހީމް ވިދާޅުވިއެވެ.

ރަށްރަށުގައި ގެސްޓުހައުސް ވިޔަފާރި ފެށިގެން ދިޔައީމަ، އެ ރަށްތަކުގެ ރައްޔިތުން ކާފަރު ވެގެންނެއް ނުދާނެ ކަމަށާއި އެ ރަށްރަށުގެ ރައްޔިތުން އެ ވިޔަފާރިއާ އެކީގައި ދިރިއުޅެން ދަސް ކުރަމުންދާ ކަމަށް ޝަހީމް ވިދާޅުވިއެވެ.

“މިއަދު މިސުވާލު އުފެދެނީ ރައްރަށުގައި ރާ ވިއްކަން ހުއްދަ ދިނީމާ ދެންވާނީ ކިހިނެތްތޯ؟ މިވާހަކަ އަޅުގަނޑުމެން އެބަ ދައްކަންޖެހޭ. މިކަން ކުރެވެން އޮތް ގޮތެއް އަޅުގަނޑުމެން ހޯދަން އެބަޖެހޭ.” ޝަހީމް ވިދާޅުވިއެވެ.

ޝަހީމު މިފަދައިން  ވިދާޅުވިއިރު ސަރުކާރުން ޓުއަރިޒަމް ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން ތޮއްޑޫ ދާއިރާ މެންބަރު ޙަސަން ޝިޔާން ވެސްވަނީ ބަނގުރާ މީހުން ދިރިއުޅޭ ރަށްރަށުގައި ވިއްކުން ހުއްދަކުރަން ގޮވާލާފައެވެ.

ވަރަށް ގަދަ
3%ވަރަށް ގަދަ 6%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 3%ހައިރާންވެއްޖެ 0%ވަރަށް ދެރަ 88%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. ޙަރާމާއި ޙަލާލަކަށް ނުބަލައި ހިތުހުރިހާ ވާވަކައެއް ރައްޔިތުންގެ ނަމުގައި ދައްކާނެ ކަމެއް ނެތް. الله ގެ ކޯފާ އަށް ކުޑަކޮށްވެސް ބިރުނުގަންނަނީތޯ؟

  2. ގެސްޓް ހައުސް އިން ލިބޭ ފައިދާ ބުނެދެވުނު ގޮތަށް ބަނގުރަލުން ލިބޭ ގެންލުންވެސް ބުނެދެއްވާ އޭރުން ހުއްދަ ދޭކަށް ނުޖެހޭނެ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: