ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެކްސިޑެންޓްގައި ނިޔާވީ ޓިކްޓޮކް ތަރި ނަޒްރާ

ޝެއާރކޮށްލާ ކަހަލަދޯ؟

އިއްޔެ ރޭ މާލޭގައި ހިނގި އެކްސިޑެންޓްގައި ނިޔާވެފައި ވަނީ ޓިކްޓޮކްގައި 17000 މީހުން ފޮލޯ ކުރަމުން އަންނަ ތަރި އައިޝަތު ނަޒްރާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

އޭނާގެ ގިނަ ވީޑިއޯތައް ބަލާފައިވާ މީހުންގެ އަދަދު 70,000 އަށްވުރެ މަތިއެވެ.

ފުލުހުން ބުނީ އެކްސިޑެންޓު ހިނގީ ރޭ 22:00 ހާއިރު އަމީނީ މަގުން ދަރުމަވަންތަ ހޮސްޕިޓަލާއި ދިމާލަށް ބާރު ސްޕީޑުގައި ނިކުތް ސައިކަލެއް ކޮންޓްރޯލް ނުވެ ދުވާ ޓްރަކް މައްޗަށް އަރައިގެން ކަމަށެވެ. މިއެކްސިޑެންޓުގައި މަރުވެފައިވަނީ 24 އަހަރުގެ އަންހެނެއް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެކްސިޑެންޓުވި ސައިކަލް ދުއްވަން އިނީ 24 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާގެ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް ކަމަށެވެ.

މި އެކްސިޑެންޓު ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ނަޒްރާގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިއަދު ޢަޞްރު ނަމާދަށް ފަހު މަސްޖިދުލް ތަޢާވުން (އާސަހަރާ މިސްކިތް) ގައި ކަމަށް މައުލޫމާތު ލިބެއެވެ.

ވަރަށް ގަދަ
3%ވަރަށް ގަދަ 4%ވަރަށް ގަޔާވޭ 8%ބޮޑު ޖޯކެއް 4%ހައިރާންވެއްޖެ 80%ވަރަށް ދެރަ 2%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: