ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހެނބަދޫ ބަނދަރުގެ މަސައްކަތް ނިމިއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ނ. ހެނބަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ނިންމާލައިފިއެވެ.

މި މަސައްކަތް ކޮށްފައިވަނީ ސަރުކާރުގެ ތަރައްގީގެ ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ އެމްޓީސީސީންނެެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 23 ޖޫން 2019 ގައެވެ.

އަދި މިމަޝްރޫޢު މޮބިލައިޒްކުރެވިފައިވަނީ 24 ސެޕްޓެމްބަރ 2019 ގައެވެ.

މި މަޝްރޫޢަކީ 30.3 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން 44،615 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 203 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށިލުމާއި، 259 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 173 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހު މާއި، 25 މީޓަރުގެ ސަރަޙައްދެއްގައި ގްރޯންސް ޖެހުމާއި، 203 މީޓަރުގެ ސަރަޙައްދެއްގައި ރޮކް އޭޕްރަން ހަރުކުރުމާއި، 1015 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: