ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީނަށް ކުރަމުންދާ އަނިޔާތައް ތަހައްމަލު ކުރަނީ ރައްޔިތުންނަށްޓަކައި: އާދަމް ޝަރީފް

ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރަމުންދާ އަނިޔާތައް ތަހައްމަލު ކުރައްވަނީ ރައްޔިތުންނަށްޓަކައި ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބް ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އޭނާ މިފަދައިން ވިދާޅުވީ ރައީސް ޔާމީން ޖަލުގައި ހުންނަވާތާ 1 އަހަރުވީ ދުވަސް ފާއިތުވުމާ ގުޅިގެން އިއްޔެ ކުރެއްވި ޓުވީޓެއްގައެވެ.

އެގޮތުން އާދަމް ޝަރީފް ވިދާޅުވީ ރައްޔިތުންނަށް ރައީސް ޔާމީން އިތުބާރު ކުރައްވާ ކަމަށާއި އެމަނިކުފާނަށް ކުރަމުންދާ އަނިޔާތައް ތަހައްމަލު ކުރައްވަނީ ރައްޔިތުންނަށްޓަކައި ކަމަށެވެ.

“އެމަނިކުފާނުގެ އަމާޒަކީ ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ބަދަލުކުރުން. ރައީސް ޔާމީންގެ ހިތްވަރުން އުންމީދު އާލާވެ ކުރިއަށް ދާނެ މަގު ދަނީ ކޮށެމުން. އިންޝާﷲ.” އާދަމް ޝަރީފް ވިދާޅިވިއެވެ.

ރައީސް ޔާމީން ޖަލުގައި ހުންނަވާތާ 1 އަހަރު ފާއިތުވުމާ ގުޅިގެން އިދިކޮޅު ކޯލިޝަނުންވަނީ އިއްޔެ މުޅި ރާއްޖޭގައި އިހުތިޖާޖުކޮށް މުޒާހަރާ ބާއްވާފައެވެ. މާލެ ސަރަހައްދުގައި ގިނަ ބަޔަކާއެކު އިދިކޮޅު އިއްތިހާދުވަނީ ކަނޑު މައްޗަށް ނުކުމެ މުޒާހަރާކޮށް ރައީސް ޔާމީން މިނިވަންކުރަން ގޮވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: