ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންގެ މެސެޖެއް: “އެއްވެސް ހާލަތެއްގައި މި ގައުމު ދޫކޮށް ނުދާނަން، މި ސަރުކާރު ބަލިކޮށް ދީ”

ރައީސް ޔާމީން ފުލުހަށް ހާޒިރު ކުރި ދުވަހު
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރާއި ދެކޮޅަށް ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ދީ މި ކޯލިޝަން ބަލިކުރަން ޖެހޭ ކަމަށާއި، ކޮންމެ ހާލަތެއްގައި ވެސް ގައުމުގެ ހައްގުގައި މަސައްކަތް ކުރަން ތައްޔާރަށް ހުންނެވިކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ވެރިކަމުގައި ހުންނަވައިގެން މަނީ ލޯންޑާރ ކުރެއްވިކަމުގެ ކުށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

ރައީސް ޔާމީނަށް އިއްވާފައިވާ ފަސް އަހަރުގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، ކަފާލާތުގެ ދަށުން މިނިވަން ކުރެވެން ނެތް ކަމާއި އަދި ހުކުމް ތަންފީޒު ކުރުން މަޑުޖައްސާލުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ހައިކޯޓުން ވަނީ ހުކުމްކޮށްފައެވެ. އަދި އެ ހުކުމް ރިވިއުކޮށްދިނުމަށް އެދި ހުށަހެޅުމުން ކޯޓުން ވަނީ ހުކުމް މުރާޖައާ ކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ނިންމާފައެވެ.

ގިނަ އަދަދެއްގެ ފައިސާ އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ މައްސަލައިގައި ރައީސް ޔާމީނާއި ސުވާލު ކުރުމަށް އެކި ފަހަރުމަތީން ފުލުސް އޮފީހަށް ވެސް ހާޒިރު ކުރިއެވެ.

ރައީސް ޔާމީނަށް އިއްވާފައިވާ ހުކުމަށް މިއަދަށް އެއް އަހަރުވީއިރު އިދިކޮޅުން ވަނީ، ރައީސް ޔާމީނަށް އިއްވާފައިވަނީ ސިޔާސީ ހުކުމެއް ކަމަށް ބުނެފައެވެ. އަދި އިދިކޮޅުން މިކަމާއި ގުޅިގެން އިހުތިޖާޖެއް ކުރިޔަށް ގެންދިޔައިރު، މި ހަރަކާތުގެ ތެރެއިން އިދިކޮޅުން ވަނީ ރައީސް ޔާމީންގެ މެސެޖެއް ސަޕޯޓަރުންނާއި ހިއްސާކޮށްފައެވެ.

“ދިވެހި ރައްޔިތުންގެ ހައްގުގައި ވާންޖެހުނު ކޮންމެ ގުރުބާނީއެއް ވާން އަޅުގަނޑު މި ހުރީ ތައްޔާރަށް. އިރާދަކުރެއްވިއްޔާ ކޮންމެ ފަދަ ހާލަތެއްގައިވެސް ރާއްޖެ ދޫކޮށް އަޅުގަނޑު ނުދާނެ ކަމުގެ ޔަގީންކަން އަރުވަން. ލޯކަލް ކައުންސިލް އިންތިހާބުގައި މި ސަރުކާރު ބަލިކޮށްލުމަށް ހުރިހާ ރައްޔިތުން ސާބިތުކަމާ ހިތްވަރާއެކު މަސައްކަތް ކޮށްދެއްވާ” ރައީސް ޔާމީން

ރައީސް ޔާމީންގެ މެސެޖުގައި ވިދާޅުވީ ވޯޓު ފޮށިން އެމްޑީޕީ އާއި ސަރުކާރު ކޯލިޝަން ބަލިކޮށްދޭން އެދޭ ކަމަށެވެ. އަދި އެއީ އެމަނިކުފާނަށްޓަކައި ރައްޔިތުންނަށް ކޮށްދެވޭނެ އެންމެ މުހިންމު މަސައްކަތްކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންނަށްޓަކާ ވާންޖެހުނު ކޮންމެ ގުރުބާނީއެއް ވާން ވެސް ތައްޔާރު ކަމަށެވެ. އަދި ކޮންމެ ހާލަތެއް ގައި ވެސް ގައުމު ދޫކޮށް ނުދާނެ ކަމަށް ރައީސް ޔާމީން ވިދާޅުވެފައި ވެއެވެ.

ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅުން ހަރަކާތެއް ބޭއްވިއިރު، މި ހަރަކާތް ރާއްޖޭގެ ރަށްތަކުގައި ވެސް ކުރިޔަށް ދިޔައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: