ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންގެ މެސެޖް: ވޯޓު ފޮށިން އެމްޑީޕީ ބަލިކޮށްދީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން : ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީ އާއި ސަރުކާރު ކޯލިޝަން ބަލިކޮށްދިނުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އެދިވަޑައިގެންފިއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވިކަން ހާމަކުރައްވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވި  މިއަދު މެންދުރު މާފުށި ޖަލުގައި ޔާމީންއާ ބައްދަލުކުރެއްވި ކަމަށާއި އެގޮތުން ރައްޔިތުންގެ ހައްގުގައި ވާން ޖެހުނު ކޮންމެ ގުރުބާނީއެއް ވާން ތައްޔާރަށް ހުންނެވިކަން ޔާމީން ހާމަކުރެއްވި ކަމަށެވެ.

އަދި ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި މި ސަރުކާރު ބަލިކުރުމަށްޓަކައި ސާބިތު ކަމާއެކު ހިތްވަރާއެކު މަސައްކަތް ކުރުމަށް ވެސް ޔާމީން ގޮވާލެއްވި ކަމަށް އަދުރޭ ވިދާޅުވިއެވެ.

ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލި މައްސަލައިގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު އެ މައްސަލަ މިހާރު އޮތީ ހުކުމާއި ހަމައަށް ގޮސްފައެވެ. އަދި ޔާމީންގެ މައްޗަށް ދައުލަތުން ވަނީ އިތުރު އާ ދެ ދައުވާއެއް އުފުލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: