ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެ އަހަރުގެ ތުއްތު ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލައިގެ އަޑުއެހުމެއް މާދަމާ!

ޖިންސީ ގޯނާގެ މައްސަލައިގައި ހައްޔަރު ކުރި ތުއްތު ކުއްޖާގެ ކާފަ އާއި، މުނިކާފަ/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ގއ. ކަނޑުހުޅުދޫގައި ދެ އަހަރު ނުވާ ތުއްތު ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރު ކުރި ދެ މީހުންގެ މައްސަލައިގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި މާދަމާއަށް ތާވަލުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ކުއްޖާގެ ކާފައާއި މުނިކާފައެވެ. އަދި މައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައިވަނީ މެންދުރުގެ 01:00 އަށެވެ.

ތުއްތު ކުއްޖާގެ ކާފަ އަކީ އުމުރުން 62 އަހަރުގެ މީހެކެވެ. އަދި މުނި ކާފައަކީ 82 އަހަރުގެ މީހެކެވެ. ދެ މީހުންނަށް ވެސް މައްސަލައިގައި އުފުލާފައިވަނީ އާއިލާގެ މެމްބަރަކު އެ އާއިލާގެ ކުއްޖަކާއި މެދު ގަދަކަމުން ޖިންސީ އަމަލެއް ހިންގުމުގެ ދައުވާއެވެ.

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކާއި، އަދި މިފަދަ އެހެން މައްސަލަތައް ކޯޓުތަކުގައި ކުރިޔަށް ގެންދަނީ ސިއްރުކޮށްގެންނެވެ. ދިވެހި ރައްޖޭގެ ގާނޫނު އަސާސީގެ، ޖިންސީ ކުށުގެ ގާނޫނުގެ 59 ވަނަ މާއްދާގެ ދަށުން ޖިންސީ ކުށުގެ ޝިކާރައަކަށް ވާ މީހެއްގެ ތަފްސީލެއް ހާމަކޮށްގެން ނުވާނެއެވެ.

ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުގެ ތުއްތު ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލަ ފެންމަތިވީ މިދިޔަ ޖެނުއަރީ މަހުގެ 19 ގައެވެ. ފުލުހުންނާއި ޖެންޑާރ މިނިސްޓްރީއިން އެ މައްސަލައިގެ މައުލޫމާތުތައް ހާމަކުރުމުގެ ކުރިން، އެކަން އޮތީ ސޯޝަލް މީޑިއާގައި ފެންމަތިކޮށްފައެވެ.

މައްސަލައާއި ގުޅިގެން ކުއްޖާގެ ކާފައާއި މުނިކާފަ ހައްޔަރުކުރީ އޭގެ ދެ ދުވަސް ފަހުންނެވެ. ކުއްޖާގެ ބައްޕަގެ މައްޗަށް ވެސް ތުހުމަތުތަކެއްކޮށް އާއްމުންވަނީ އޭނާ ހުޅުމާލޭގައި ހުއްޓާ އެގެއަށް ވަންނަން މަސައްކަތްކޮށްފައެވެ. އެ ދުވަހު މާލޭގައި ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާތަކާއި ދެކޮޅަށް ހާއްސަ ހަރަކާތެއް ވެސް ކުރިޔަށް ގެންދިޔައެވެ. ކުއްޖާގެ ބައްޕަގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތެއް ނުކުރެއެވެ. އޭނާ ހައްޔަރުކުރީ އިހުމާލުވުމުގެ ތުހުމަތަށެވެ.

ދައުލަތުން ވަނީ އެ ކުއްޖާއަށް އިހުމާލުވި ކަމުގެ ދައުވާ ކުއްޖާގެ މަންމައާއި ބައްޕަގެ މައްޗަށް ދައުލަތުން އުފުލާފައެވެ. ކުއްޖާގެ މައިބަަފައިންގެ މައްޗަށް އުފުލާފައިވަނީ ދަރިފުޅަށް ކާފަ އާއި މުނިކާފަ ޖިންސީ ގޯނާ ކުރިކަން އެނގި ތިބެ އެކަން ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ނުގެނައި މައްސަލައިގަ އެވެ. އެ މައްސަލަ ފުލުހުން ޕީޖީއަށް ފޮނުވީ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

ކުއްޖާގެ މުނިކާފައަކީ މީގެ ކުރިންވެސް ޖިންސީ ގޯނާގެ މައްސަލައިގައި ތުހުމަތުތަކެއް ކުރެވި، ޝަރީއަތް ކުރިޔަށް ގެންދެވުނު މީހެކެވެ. އެ މައްސަލައިގައި ނޫސްވެރިންގެ ޕްރެޝަރަށް ފުލުހުން ބުނެފައިވަނީ އޭނާ ދޫކޮށްފައި ހުރީ “އުމުރަށް ރިއާޔަތް” ކުރުމަށްފަހުގައި ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: