ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުކުޅަހުން ފަތުރުވެރިޔަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

އއ. އުކުޅަސް ގެސްޓު ހައުސްްއެއްގައި ހުރި ފަތުރުވެރިޔަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އުކުޅަހު ހެލްތު ސެންޓަރުން ބުނީ އެރަށު ނަލަވެލި ވިލާ ގެސްޓްހައުސްގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ފަތުރުވެރިޔަކު ކޮވިޑަށް މިއަދު ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އަދި އެ ފަތުރުވެރިޔާ ކަރަންޓީނު ކުރުމާއި، އެމީހާއާ ސީދާ ބައްދަލުވި މީހުން ދެނެގަނެ ކަރަންޓީން ކުރުމުގެ މަސައްކަތް އެ މަރުކަޒާއި، ރަށު ކައުންސިލް އަދި ކޮވިޑް-19 ޓާސްކްފޯސް ކޮމިޓީން ގުޅިގެން ކުރިއަށްދާ ކަމަށް ބުނެފައިވެއެވެ.

މި ދަނޑިވަޅުގައި ރައްޔިތުން ބޭރަށް ނިކުންނައިރު މާސްކު އަޅައި، ގައިދުރުކަން ބަހައްޓައި އެޗްޕީއޭގެ އިރުޝާދުތަކަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: