ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެރަރިޒަމްގެ އަމަލު ހިންގަން އުޅުނު މައްސަލާގައި އިތުރު 2 މީހަކު ހައްޔަރުކޮށްފި

ފުލުހުންގެ މައި އިދާރާ ޝަހީދު ޙުސެއިން އާދަމް ބިލްޑިންގް. ފޮޓޯ: ޕޮލިސްލައިފްއެމްވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުންދިޔަ ޓެރަރިޒަމްގެ އަމަލެއް ހުއްޓުވައި، ފުލުހުން ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަނުގެ ތެރެއިން އިތުރު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން މިއަދު ހައްޔަރުކޮށްފައިވަނީ، އުމުރުން 28 އަހަރާއި 34 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

މި މައްސަލައިގައި މީގެކުރިން ފުލުހުން ވަނީ 20 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކާއި 29 އަހަރުގެ މީހަކާއި 18 އަހަރުގެ މީހެއްގެ އިތުރުން 34 އަހަރުގެ މީހަކާއި 31 އަހަރުގެ މީހެއް ހައްޔަރުކޮށްފައެވެ.

މީގެތެރެއިން 18 އަހަރުގެ މީހާގެ ބަންދަށް ފަސް ދުވަސް އަދި އެހެން މީހުންގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށެވެ.

ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުންދިޔަ ޓެރަރިޒަމްގެ އަމަލެއް ހުއްޓުވައި ފުލުހުން އޮޕަރޭޝަން ކުރިއަށްގެންދާއިރު، މި އޮޕަރޭޝަން ހިންގަމުންދަނީ މާލެ އާއި މާލެ އަތޮޅު ކަނޑުމަތީ ގައި، އަދި ތ. ތިމަރަފުށީގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: