ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދުރޭގެ ސުވާލެއް ސަރުކާރަށް: ކޮވިޑް ޖެހެނީ ހަމައެކަނި ރަށްރަށަށް ދަަތުރު ކުރާ އާންމު ރައްޔިތުންގެ ފަރާތުންތޯ؟

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 ޖެހެނީ ހަމަ އެކަނި ރަށްރަށަށް ދަަތުރު ކުރާ އާންމު ރައްޔިތުންގެ ފަރާތުންތޯ އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ސުވާލު ކުރައްވައިފިއެވެ.

ކަރަންޓީނަށް ލުއިތަކެއް ދިނުމާމެދު ދެކެވޭ ވާހަކަތަކާ ގުޅިގެން ޑރ. ނަޒްލާ މުސްތަފާ ރޭ ވިދާޅުވީ ރާއްޖޭގައި ފުރަބަންދު ކަރަންޓީނުގެ ގޮތުގައި ކަނޑައަޅާފައިވާ 14 ދުވަހަކީ ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް ރާއްޖޭގައި ހުރި ވަޞީލަތްތަކާއި ކެޕޭސިޓީއަށް ބަލާނަމަ، ވަރަށް އެކަށީގެންވާ މުއްދަތެއްކަމަށެވެ.

މިކަމާ ގުޅިގެން އަދުރޭ މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ކޮވިޑް-19 ޖެހެނީ ހަމަ އެކަނި ރަށްރަށަށް ދަަތުރު ކުރާ ޢާންމު ރައްޔިތުންގެ ފަރާތުންތޯ ސުވާލު ކޮށްފައެވެ.

“ސަރުކާރުގެ ބޭނުންތަކުގައި ވަޑައިގަންނަވާ ބޭފުޅުންގެ ފަރާތުން ކޮވިޑް-19 ނުޖެހެނީތޯ؟އެޗް.ޕީ.އޭއިން ހުއްދަ ދިނީމަ ކޮވިޑް-19 ކައިރި ނުވަނީތޯ؟އެ ހުއްދަޔާ އެކު ރައްޔިތުންގެ ޙައްގުތަކަށް ވަނީ ކިހިނެއްތޯ؟” އަދުރޭ ސުވާލު ކުރެއްވިއެވެ.

އަތޮޅުތަކުގައި ބަލި ވަރަށް ބޮޑަށް ފެތުރިއްޖެ ހާލަތެއްގައި ފަރުވާ ދެވޭނެ ފެންވަރެއް ސިއްހީ ނިޒާމުތަކުގައި ނެތް ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ. އެހެންވެ، އަތޮޅުތެރެ ކޮވިޑްއިން ރައްކާތެރިކުރުން ވަރަށް މުހިންމު ކަމަށް ޑރ.ނަޒްލާ ވަނީ ރޭގެ ޕްރެސްގައި ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: