ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔާމީންގެ އަޑުއެހުމަށް ކޯޓު ކައިރިއަށް ދިޔަ ދެ މީހަކަށް ފުލުހުން އަނިޔާކުރިކަމުގެ ތުހުމަތު

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގެ އަޑުއެހުމަށް ކްރިމިނަލް ކޯޓު ކައިރިއަށް ދިޔަ ދެ މީހަކަށް ފުލުހުން އަނިޔާކުރިކަމުގެ ތުހުމަތު ޕީޕީއެމް އިން ކޮށްފިއެވެ.

އިދިކޮޅު ކޯލިޝަނުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މިއަދު ކްރިމިނަލް ކޯޓުގައި އޮތް ޔާމީންގެ ޝަރީއަރުގެ އަޑު އެހުމަށް ކޯޓު ދޮށަށް ދިޔަ އެމަނިކުފާނުގެ ސަޕޯޓަރުންގެ ތެރެއިން ދެ އަންހެނަކަށް ފުލުހުން އަނިޔާކޮށްފައިވާ ކަމަށެވެ.

އެގޮތުން އެ އަނިޔާތަކާ ގުޅުގެން އެ ދެ މީހުން އައިޖީއެމްއެޗް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ކަމަށާއި، އަނިޔާ ލިބިފައިވަނީ ކައުންސިލް މެމްބަރަކާއި އުމުރުން ދުވަސްވީ ސަޕޯޓަރަކަށް ކަމަށް ހީނާ ވިދާޅުވިއެވެ.

މީގެއިތުރުން އެ ހަމަނުޖެހުމުގެ ތެރެއިން ޕީޕީއެމްގެ ކައުންސިލް މެމްބަރު އަމްސޫދާ ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށްވެސް ހީނާ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ މުޅި ދުނިޔެ ކަނބަލުންނަށް ކުރާ އަނިޔާ އާއި ދެކޮޅަށް އަޑު އުފުލަމުން ދާއިރު ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ފެންނަނީ ބައެއް ވަޒީރުންވެސް ހިމެނޭ ގޮތަށް ފުރައްސާރަކޮށް އަނިޔާ ކުރާ މަންޒަރު ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 33%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: