ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެކްސިންގެ ކަންތައް ވެންޓިލޭޓަރަށް ވީގޮތަށް ވެނުދިއުމަށް މިހާރުއްސުރެ ސަމާލުވެ ތިބެން ޖެހޭ: ރައީސް ނަޝީދު

އަބްދުﷲ އަމީން އަދި ރައީސް މުހައްމަދު ނަޝީދު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑަށް ފަރުވާ ދިނުމަށް އުފައްދާ ވެކްސިން ރާއްޖެ ގެނައުމަށް ކުރާ މަސައްކަތުގައި ވެންޓިލޭޓަރަށް ވީގޮތް ވެނުދިނުމަށް މިހާރުއްސުރެ ސަމާލުވެ ތިބެން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީޙުގެ ރައީސް ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ ގައްދު ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު ހެލްތް މިނިސްޓަރ އަހުމަދު ނަސީމްއާއި ކުރެއްވި ސުވާލަކާއި ގުޅިގެންނެވެ. ޒާހިރު ހެލްތް މިނިސްޓަރ އަހުމަދު ނަސީމްއާއި ސުވާލު ކުރައްވާފައި ވަނީ ލިއުމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ ކޮވިޑާއި ގުޅިގެން ހެލްތް މިނިސްޓްރީން ރާއްޖެއަށް ގެންނަން މަސައްކަތް ކުރާ ވެންޓިލޭޓަރުތައް މިހާތަނަށް ވެސް ރާއްޖެ ގެނެވިފައި ނުވާ ކަމަށާއި އެހެން ކަމުން ވެންޓިލޭޓަރަށް ވީގޮތް ވެކްސިނަށް ވެނުދިއުމަށްޓަކައި މިހާރުއްސުރެ މަޖިލީޙުގެ މެމްބަރުން ސަމާލުވެ ތިބެން ޖެހޭ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ވެންޓިލޭޓަރަށް ވީގޮތް ވެކްސިނަށް ވެއްޖެނަމަ އެ މައްސަލަ ވަރަށް ހައްސާސް މައްސަލައަކަށް ވެގެންދާނެ ކަމަށާއި އެކަން އެހެން ނުވުމަށް މަސައްކަތް ކުރަން ޖެހޭކަން އެމަނިކުފާން ފާހަގަ ކުރެއްވިއެވެ.

މިނިސްޓްރީ އޮފް ހެލްތަށް ބޭނުންވާ 75 ވެންޓިލޭޓަރ ސަޕްލައިކުރުމުގެ މަސައްކަތް ހަވާލު ކުރީ ޑުބާއީގެ ކުންފުންޏެއްކަމަށްވާ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންއާއިއެވެ. އެ ވެންޓިލޭޓަރުތަކުގެ ތެރެއިން މިހާތަނަސް ރާއްޖެ ގެނެވިފައި ވަނީ 10 ވެންޓިލޭޓަރެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ގެނައުމަށް މަސައްކަތްކުރާ ވެންޓިލޭޓަރތައް ގެންނަނީ އާންމު އުޞޫލުތަކާ ޚިލާފަށް ވަކި ބައެއްގެ އަތުން ކަމަށާއި މިގޮތުން ތަކެތި ނުލިބެނީސް އެޑްވާންސް ފައިސާ ދައްކާފައިވާ ކަމަށާއި، އަދި ވެންޓިލޭޓަރތައް ގެންނަން ޑުބާއީގެ ކުންފުންޏަކަށް ވެސް އެޑްވާންސްކޮށް ފައިސާ ދައްކާފައިވާކަމަށް ބުނާ މައްސަލާގައި ދަޢުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އޭސީސީން ވަނީ ފޮނުވައެވެ.

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ޚިލާފަށް، މިނިސްޓްރީ އޮފް ހެލްތަށް ބޭނުންވާ 75 ވެންޓިލޭޓަރ ސަޕްލައިކުރުމުގެ މަސައްކަތް ޑުބާއީގެ ކުންފުންޏެއްކަމަށްވާ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންއާ ޙަވާލުކޮށް، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފަށް އެޑްވާންސް ޕޭމަންޓްގެ ގޮތުގައި %75 އަށްވާ ފައިސާ އާއި %15 އަށްވާ ފައިސާ އެ ކުންފުންޏަށް ދީފައިވަނީ ކުރީގެ މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީންގެ ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން އެ ކުންފުންޏަށް މަންފާއެއް ހޯދައިދިނުމުގެ މަޤްޞަދުގައި ކަމަށް އަމީންގެ މައްޗަށް ވަނީ ތުހުމަތު ކޮށްފައެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލައިގައި 11 ފަރާތެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އޭސީސީން ޕީޖީއަށް މައްސަލަ ފޮނުވި ނަމަވެސް ދައުވާ ކުރެވޭ ވަރަށް ހެކި ނެތް ކަމަށް ބުނެ ޕީޖީން ވަނީ މައްސަަލަ އަނބުރާ އޭސީސީއަށް ފޮނުވާލާފައެވެ. ނަމަވެސް މައްސަލަ އަލުން ދިރާސާ ކުރުމަށް ފަހު އަލުން އޭސީސީން ވަނީ މައްސަލަ ޕީޖީއަށް ފޮނުވާފައެވެ. ނަމަވެސް މިހާތަނަށް އެ މައްސަލަިއގައި ޕީޖީން ގޮތެއް ނިންމާފައެއް ނުވެއެވެ.

މި މައްސަލައިގައި އޭސޫސީސީގެ ތަހުގީގަށް ފާހަގަ ކުރެވުނު ކަންތައްތަކަށް ބަލާއިރު  މިނިސްޓްރީ އޮފް ހެލްތަށް ބޭނުންވާ 75 ވެންޓިލޭޓަރ ސަޕްލައިކުރުމަށް ޑުބާއީގެ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގ އާ ޙަވާލުކުރުމުގެ މަސައްކަތް ފަށާފައިވަނީ ޢަބްދުﷲ އަމީން ކަމަށާއި އެގޮތުން 75 ވެންޓިލޭޓަރ ސަޕްލައިކުރުމަށް ހަވާލުކޮށްފައިވާ ފަރާތްކަމަށްވާ ޑރ އަލީ އަލް ތަކްމަޗީ އަށް މިނިސްޓްރީ އޮފް ހެލްތު ތަޢާރަފްކޮށްދީފައިވަނީ ޢަބްދުﷲ އަމީން ކަމަށް އޭސީސީގެ ތަހުގީގު ރިޕޯޓުގައި ވަނީ ބުނެފައެވެ. އަދި އެ ފަރާތުގެ ކޮންޓެކްޓް މިނިސްޓްރީ އޮފް ހެލްތުގެ ޑިރެކްޓަރ (ފައިނޭންސް އެގްޒެކްޓިވް)، އަޙްމަދު އަސްލަމްއަށް ދީފައިވަނީ އަދި އެ ފަރާތަކީ ޑަބްލިއުއެޗްއޯ މެދުވެރިވެގެން ހޯދާފައިވާ ފަރާތެއްކަމަށް ދޭހަވާގޮތަށް މިނިސްޓްރީ އޮފް ހެލްތުގެ ބިޑް ކޮމިޓީއަށް ތަޢާރަފްކޮށްދީފައިވަނީ ޢަބްދުﷲ އަމީން ކަމަށް ވެސް އޭސީސީގެ ތަހުގީގު ރިޕޯޓުގައި ވަނީ ބުނެފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ދައުވާ ކުރެވޭވަރަށް ހެކިވެސް ހުންނާނެ ކަތިލަން ގެންގުޅުނު ކަންބަޅިތަކުން ލިބިފައި. ޢެކަމަކު ހަމަގަސްތުގައި އެކަންނުކުރީ މިކަމުގެ އަޑީގައި ތިބި މީހުން ފަޅާއަރާނެތީ. ޢޭރުން ދެތިން މިނިސްޓަރުންގެ ނަންވެސް ވެންޓިލޭޓަރު މިނިސްޓަރަށް ބަދަލުވާނެތީ ކުރަން ނުކެރުނީ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: