ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރުގްޔާގެ ނަމުގައި އަނިޔާ ލިބުނު އާއިލާގެ ރައްކާތެރިކަން ދަނީ ކަށަވަރު ކުރަމުން: ޖެންޑާ

ޖިންސީ އަނިޔާ އާއި ދެކޮޅަށް މާލޭގައި ބޭއްވި ހިގާލުމުގެ ތެރެއިން -- ފޮޓޯ :/ ވީ ނިއުސް- ޝުރާއު
ޝެއާރކޮށްލާ ކަހަލަދޯ؟

ރުގްޔާގެ ނަމުގައި އަނިޔާ ލިބެމުންދިޔަ ހަތަރު މައިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.

“މިހާރު” ނޫހުން ރިޕޯޓު ކޮށްފައިވާ ގޮތުގައި މެދުރާއްޖެ ތެރޭގެ ރަށެއްގައި މިދިޔަ އޮގަސްޓް މަހުން ފެށިގެން މަންމަ އާއި ތިން ކުދިން ގޭތެރޭގައި ބަންދުކޮށް ތިން މަސް ދުވަސްދެން ވަނީ ގެންގުޅިފައެވެ. އެ ނޫހުގައި ވާގޮތުން އެ މީހުންނަށް ސަލާމަތްވެވުނީ މިދިޔަ މަހުގެ 30 ގަ އެވެ. އަނިޔާގެ ތުހުމަތުކުރަނީ ފަހުން ކައިވެނިކުރި އޭނާގެ ފިރިމީހާ އާއި އެ ރަށުގެ ރުގްޔާ ކުރާ މީހަކަށެވެ.

މި މައްސަލާގައި މިރޭ ޖެންޑަ މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނެފައިވަނީ މި މައްސަލައިގަ އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިޖްތިމާއީ އެހީތެރިކަން ދެމުންދާ ކަމަށެވެ. އަދި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެ އާއިލާ އާއި އެކު އެ މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށް ބުންޏެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. ޖެންޑާ މިނިސްޓްރީން ބުނީ ތަހުގީގަށް އެ މިނިސްޓްރީެ ފަރާތުން ދޭންޖެހޭ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: