ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގައި ގުރްއާނުގެ އާޔަތް ނުކިޔަން ނަޝީދު އެންގެވުން ގާނޫނާ ހިލާފު: ޖަމީލް

ކުރީގެ ނައިބް ރައީސް ޑރ ޖަމީލް އަދި ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގައި ގުރްއާނުގެ އާޔަތްތައް ނުކިޔަން ރައީސް މުހައްމަދު ނަޝީދު އެންގެވުން ގާނޫނާ ހިލާފު ކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ސައްހަކަން ކަށަވަރު ނުވާ ގޮތަށް ގުރުއާން ވިދާޅުނުވުމަށް ނަޝީދު، މަޖިލީހުގެ މެމްބަރުންގެ ކިބައިން މިއަދު އެދިވަޑައިގެންނެވުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 114 ޞޫރަތް، 6235 ޢާޔަތް ހިމެނޭ ކީރިތި ޤުރުއާނަކީ މުސްލިމުންނަށް އެންމެ ޞައްޙަ ގައިޑް އަދި ޝަރީޢަތުގެ އެންމެ ފުރަތަމަ މަޞްދަރު ކަމަށެވެ.

“ގާނޫނު އަސާސީގެ 10 ވަނަ މާއްދާ އިން ޝަރީއަތް ލާޒިމް. މަޖިލިސް ރައީސްގެ އެންގެވުން ޤާނޫނާ ޚިލާފް އަދި ލާދީނީ ފަރާތްތަކަށް ހިތްވަރުލިބޭ. މަޢާފަށް އެދެންޖެހޭ.” ޖަމީލް ވިދާޅުވިއެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސް މަރުހަލާގައި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ގުރްއާނުގެ އާޔަތެއް ވިދާޅުވެ އޭގެ މާނަ ވިދާޅުވާން ފެއްޓެވުމުން ނަޝީދު ވަނީ އޭނާގެ ވާހަކަ ހުއްޓުވައި މަޖިލީހުގައި އާޔަތްތައް ވިދާޅުވާ އިރު ކުރިން ވެސް ސައްހަ ނޫން ގޮތަށް ބައެއް ފަހަރު އާޔަތްތައް ވިދާޅުވާކަން ފާހަގަ ކުރައްވައިފއެވެ.

“އަޅުގަނޑު ގުރުއާން ހިތު ދަހެއް ނޫން އެހެންވީމަ މިތަނުގައި އަޅުގަނޑު ރިޔާސަތުގައި އިނދެ އިއްޒަތްތެރި މެމްބަރުން ގުރުއާނުގެ އާޔަތްތައް ވިދާޅުވަމުން ގެންދަވާއިރުގައި އަޅުގަނޑަށް އޭގެ ސައްހަކަން ކަށަވަރެއް ނުކުރެވޭ. އިއްޒަތްތެރި މެމްބަރުން، މިތަނުގެ ޝޭހުން މަދު ދީނީ އިލްމުވެރިންނެއް ނޫން އިއްޒަތްތެރި މެމްބަރުންނަކީ. އެހެންވީމަ އެ މަގަށް ވާހަކަ ގެންދަވާތީ މިހެން މިދެންނެވީ.” ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އެހެން ވިދާޅުވުމުން ސަލީމް ވަނީ އެހެން ރައީސް ނަޝީދު ދެންނެވީ އެމަނިކުފާނުގެ ހިތުގައި ގުރުއާނާ މެދު ދެކެވަޑައިގަންނަވާ ގޮތުގެ ސަަބަބުން ކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 75%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ޞޭޙްއިމްރާނުއޭކިޔާ މީހަކު ވެސް ހުރީ ޤުރުޢާން ކިޔެވުން ހުއްޓުވިއިރުވެސް އަގައިންނުބުނެވިފަ . މިކަހަލަ ތަނެއް ދޮރެއް ނޭގޭ ދީންވިއްކާ ލާދީނީމީހުނަށް ބައިއަތު ހިފާޞޭޙުން މިތިބެނީ . މިބަޔަކަށް ޤުރުޢާން ނޭގު ނޭ ކިޔާޤުރުޢާން ކިޔެވުންހުއްޓުވަންޖެހޭތަ؟ އިސްލާމުންނޭކިޔާބަޔަކު ކުރަން ކުރަން ކިހާ ލަދުހުތުރު ގޮތެއް ފޮތެއްނެތް ކަންކަންދޯ ؟ މިދެންބޮޑުވަރު . ދިވެހިން ވެއްޖެ އުޑެއް ބުޑެއްނުދަންނަމީހުން މަޖްލިހަށް ވަންނަށް ވޯޓްނުދެން . ވޯޓްހޯދަން އައިސްއަގަތަޅުވާއިރު މީސްމީމީހުން ލައްވަ ފާޑުފާޑުގެ އިލްމީވާހަކަތައް ލިޔެގެން އެހިފަގެން ހިގާރައްޔިތުންގެ ބޯކަނީ ވެއްދީމަމިއެގެނީ މިބައެއްގެ ހަޤީޤި ފެންވަރު . ،

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: