ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި 3 މީހަކު ހައްޔަރުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ށ. އަތޮޅުގެ 2 ރަށެއްގައި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއް ހިންގައި 3 މީހަކު ހައްޔަރުކޮށްފިއެވެ.

މި އޮޕަރޭޝަނަކީ ށ. މިލަންދޫ ޕޮލިސް ސްޓޭޝަނަށް އާންމު ފަރާތަކުން ދިން މައުލޫމާތަކާއި ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެކެވެ. އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ 29 އަހަރުގެ ދެ ފިރިހެނުންނެވެ.

މި މަހުގެ 22 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންގައި މިލަންދޫ އޮޑިހަރުގެއެއްގެ ތެރެއިން އެ ދެ މީހުން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ކަރުދާސް ކޮޅެއް ފެނިފަވާކަމަށް ފުލުހުން މައުލޫމާތުދެއްވައެވެ.

މިލަންދޫގެ އިތުރުން ދެން މި އޮޕަރޭޝަން ހިންގާފައި ވަނީ ކޮމަންޑޫގައެވެ. ކޮމަންޑޫގައި ރަށުތެރެ ޕެޓްރޯލްކުރަމުން ދިޔަ ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނުގައި އެރަށުން ހައްޔަރުކޮށްފަވަނީ 40 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނަ ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 11 ސެލޯފިންކޮޅާއި، ރަބަރު ޕެކެޓެއް އޭނާގެ އަތުން ފެނިފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ވިދާޅުވީ މި މައްސަލަތައް އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: