ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިމްރާން އަކީ އިލްމު އުނގެނިގެން ހުރި މުނާފިގެއް: ޝީޔާމް

ޝެއާރކޮށްލާ ކަހަލަދޯ؟

ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުﷲ އަކީ އިލްމު އުނގެނިގެން ހުރި މުނާފިގެއް ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބް ރައީސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު އިމްރާންގެ އިތުބާރު ނެތް މައްސަލަ އެޖެންޑާކުރިއިރު، މި މައްސަލައަށް ބަހުސްކުރައްވަމުން ޝިޔާމް ވިދާޅުވީ، މުނާފިޤުންގެ ހުރިހާ ސިފައެއް އިމްރާންގެ ގައިގައި ފުރިހަމަވާކަމަށެވެ.

ޝިޔާމް ވިދާޅުވީ ޖަވާބުދާރީ ވުމަށް މިނިސްޓަރު އިމްރާނަށް ދިން ފުރުސަތުގައި އެމަނިކުފާނު ދެއްވީ ޖަވާބެއްކަމަށެވެ. މިމައްސަލާގައި އިމްރާންގެ މައްޗަށް އިތުބާރު އޮތްކަމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ނިންމާފައިވާއިރު، އެމްޑީޕީއާކީ މި އިތުބާރު ނެތްކަމުގެ މައްސަލާގައި ހިމަނާފައިވާ ވާހަކަތައް އެޕާޓީގެ ކޮންމެ ޕޯޑިއެމްއެއްގައި އަދި ކޮންމެ މެމްބަރަކު ދައްކާފައިވާ ވާހަކަތަކެއްކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

“އިލްމު އުނގެނި ހުންނެވި މުނާފިޤް ބޭފުޅެއްގެ ގޮތުގައި އަޅުގަނޑަށް މިއަދު ޢިމްރާން ޢަބްދުﷲ ސިފަވަނީ. އިއްޒަތްތެރި ރައީސް، މިއަދުގެ ހޯމް މިނިސްޓަރުގެ ތާރީޚެއް އެބައޮތް މުނާފިޤްކަން ފެންނަންއޮތް. ދިގު ތާރީޚެއް އަޅުގަނޑުމެންނަށް ފެންނަން އެބައޮތް ސިޔާސީ ތާރީޚެއް.” ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ޢިމްރާން ކުރެއްވި ކަންކަމަކީ އެމްޑީޕީން ވާގިވެރިވެދޭ ކަންކަންކަމަށް މަޖިލީހުން ނިންމައިފިނަމަ އެކަންވެގެންދާނީ މަޖިލީހުގައި ލަތުވެތި ދުވަހަކަށްކަމަށާއި، ގައުމަށްވެސް ލަދުވެތި ދުވަހަކަށް ވާނެކަމަށެވެ.

ޢިމްރާނަކީ މުނާފިގެއްކަމަށް ޝިޔާމް ވިދާޅުވުމުން އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ބައެއް މެމްބަރުން ވަނީ ނިޒާމީ މައްސަލަ ނަންގަވައި މުސްލިމަކާ ދިމާލަށް މުނާފިގެކޭ ނުބުނެވޭ ކަން ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 67%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: