ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބެގީ ބެއްދިޔަސް ޒިންމާދާރެއް ނުވެނޭނެ، ސަރުކާރު މެމްބަރެއް ގޮތުގައި މަޖިލީހުގައި އިންނަން ލަދުގަނޭ: ޝަހީމް

ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ބަނޑުކޮޅުގައި ބެގީ ބައްދައި ޓައީ އެޅުމުން، އެހިސާބުން އަދި ޒިންމާދާރު މީހަކަށް ނުވެވޭކަމަށާއި ސަރުކާރަށް ތާއީދު ކުރާ މެމްބަރެއް ގޮތުގައި މަޖިލީހުގައި އިންނަން ލަދުގަންނަކަމަށް ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް ވިދާޅުވެއްޖެއެވެ.

ވައްކަންކުރުން، ފޭރުން އަދި ރަހީނުކުރުން އިތުރުވަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ފޭދު ދައިރާގެ މުހައްމަދު ނިހާދު ހުށައަޅުއްވާފައިވާ މައްސަލައަށް ބަހުސްކުރައްވަމުން ޝަހީމް ވިދާޅުވީ، ޒިންމާދާރުވުމަކީ އެހެން މީހުން ދައްކައި ވާހަކަ އަޑުއަހައި ކުރަންޖެހޭ މަސައްކަތަށް ކަމޭހިތުންކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި ދާއިރާ ތަމްސީލުކުރުމަށް މަޖިލީހުގައި ތިއްބަވާ މެމްބަރުންނަކީ ސީދާ ރައްޔިތުންނާއި ވާހަކަދެއްކުަމަށްފަހު އާންމުންގެ ކަންބޮޑުވުންތައް ހިއްސާ ކުރުމަށް ތިބޭ ބައެއް ކަމަށާއި އެހެންނަމަވެސް، ބައެއް މިނިސްޓަރުންގެ ކަންތައް ހުންނަގޮތުން އެވާހަކަތައް ހިއްސާ ކުރުމަށް ގޮތް ހުސްވާ ހިސާބަށް ކަންތައްދާކަމަށް ވިދާޅުވިއެވެ.

މިކަމަކީ ކަންބޮޑުވާންޖެހޭ ކަމެއްކަމަށާއި މިކަމަކީ ޚުދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސް ފުންކޮށް ވިސްނަންޖެހޭ ކަމެއްކަމަށް ވިދާޅުވިއެވެ. އަދި މަޖިލީހަށް އިންތިޚާބުވެފައިވާ މެމްބަރުން މިނިސްޓަރުންނަށް ގުޅަނީ އަމިއްލަ ކަންކަމުގައި ނުވަތަ އަމިއްލަ ބޭނުމެއްގައި ނޫންކަމަށް ވިދާޅުވިއެވެ. އަދި ދާއިރާގައި ހުރި ކަންބޮޑުވުންތަކާއި މައްސަލަތައް ހިއްސާކުރުމަށް މިނިސްޓަރުންނަށް ގުޅުމުންވެސް މިނިސްޓަރުންގެ ފަރާތުން އެއްބާރުލުމެއް ނުލިބޭކަން މެމްބަރު ޝަހީމް ފާހަގަކުރެއްވިއެވެ.

މިކަންކަން ހައްލުކުރަން ބޭނުންވާނަމަ އެބަޖެހޭ ޒިންމާދާރުވާން. ބަނޑުކޮޅުގައި ބެގީ ބައްދައި ޓައީ އެޅުމަކުން އަދި ޒިންމާދާރެއް ނުވެވޭ. ޒިންމާދާރުވާން ބޭނުންނަމަ ރައްޔިތުންގެ ވާހަކަތައް އަޑުއަހަންޖެހޭ

ފޭދޫ ދާއިރާގެ މެމްބަރު ނިހާދު މައްސަަލަ ހުށައެޅުއްވިއިރު ކުރެވޭނެ އިހުސާސު އެނގިވަޑައިގަންނަވާ ކަމަށާއި އަދި ރާއްޖޭގެ ކިތަންމެ އާއިލާއެއް މިކަން ތަހައްމަލު ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. ފުލުހުން ތިއްބަވާ ރަށްރަށުގައި ކަންކަން ހިނގަމުންދާ ގޮތް ހާމަވާއިރު، ށ ފޭދޫ ފަދަ ފުލުހުން ނުތިބޭ ރަށްރަށުގައި ކަންކަން ހައްލުކުރުމަށް ރައްޔިތުން އިހުތިޖާޖަށް ނުކުންނަށް ފެށުމަކީ ލަދުގަންނަކަމެއްކަމަށް ވިދާޅުވިއެވެ. އަދި މިވަގުތު ސަރުކާރަށް ތާއީދުކުޜާ މެމްބަރެއް ގޮތުގައި މަޖިލީހުގައި އިންނަން ލަދުގަންނަކަމަށްވެސް ޝަހީމްގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
80%ވަރަށް ގަދަ 3%ވަރަށް ގަޔާވޭ 7%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 10%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: