ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒިޔަތު ވެސް ކުށަށް އިއުތިރާފްވެ ދައުލަތާއިއެކު އެއްބަސްވުމަކަށް

އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު އަދި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕްރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގެ މައްސަލައިގައި އަށް އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރަމުންދާ އެ ކުންފުނީގެ ކުރީގެ މެނޭޖިންގ ޑައިރެކްޓަރ އަބްދުﷲ ޒިޔަތު އެމްއެމްޕީއާރުސީގެ ފައިސާއަށް ހިޔާނާތްތެރިވި ކަމަށް އިއުތިރާފް ދައުލަތާއިއެކު އެއްބަސްވުމެއް ހަދާފައިވާ ކަމަށް ދައުލަތުން ބުނެފިއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ކުށަށް ޒިޔަތު އިއުތިރާފްވެ ދައުލަތާއިއެކު އެއްބަސްވުމެއް ހަދާފައިވާކަން ދައުލަތުން ހާމަކުރީ ޅ، މާބިންހުރާ މައްސަލައިގައި މިއަދު ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައެވެ. ޅ، މާބިންހުރާ މައްސަލައިގައި ދައުލަތުން ޒިޔަތުގެ މައްޗަށް އުފުލި ރިޝްވަތުގެ ކުށިގެ ދައިވާ ސާބިތުވެ ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް ވަނީ އަށް އަހަރުގެ ޖަލު ހުކުމެއް ކޮށްފައެވެ. އަދި ކްރިމިނަލް ކޯޓުގެ ހުކުމަށް ހައިކޯޓުން ވަނީ ތާއިދުކޮށްފައެވެ. ނަމަވެސް ޒިޔަތުގެ ފަރާތުން އެ މައްސަލަ ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައެވެ.

ޅ، މާބިންހިރާ މައްސަލައިގައި ޒިޔަތުގެ ފަރާތުން އިސްތިއުނާފް ކުރި މައްސަލައިގައި މިއަދު ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ ޒިޔަތު ހުށަހެޅި އިސްތިއުނާފުގެ މައްސަލަ އަނބުރާ ގެންދިއުމަސް ބޭނުންވާ ކަމަށް ޒިޔަތު ސިޓީއަކުން ސުޕްރީމް ކޯޓަށް އަންގާފައިވާ ކަމަށެވެ. އެހެން ކަމުން މިއަދު ބޭއްވި ޝަރީޢަތުގެ މަޖިލީހަކީ އިޖުރާއީ ގޮތުން ނިންމަން ޖެހޭ ކަންކަން ނިންމުމަށް ބޭއްވި ޝަރީޢަތުގެ މަޖިލީހެކެވެ.

ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކަމުން ޒިޔަތު ވިދާޅުވީ ޅ، މާބިންހުރާ މައްސަލައިގައި އޭނާގެ މައްޗަށް އިއްވި ޖަލު ހުކުމް އިސްތިއުނާފް ކުރި މައްސަލަ އަނބުރާ ގެންދަން ބޭނުންވާ ކަމަށެވެ. އަދި އެ މައްސަލަ އޭނާ އަނބުރާ ގެންދަން ނިންމީ އެއްވެސް މީހެއްގެ ނުފޫޒުން ނުވަތަ ބިރު ދައްކައިގެން ނޫން ކަމަށް ވެސް ޒިޔަތު ވިދާޅުވިއެވެ.

ޒިޔަތު ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން ކުރިއަށް ގެންދާ ތަހުގީގަށް އެއްބާރުލުން ދިނުމަށް އޭނާ ދައުލަތާއިއެކު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށެވެ. އަދި މައްސަލަ އަނބުރާ ގެންދަން ބޭނުން ވަނީ ދައުލަތާއިއެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން ކަމަށް ޒިޔަތު ވިދާޅުވިއެވެ.

ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްމަުން ދައުލަތުގެ ވަކީލް ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ދައުލަތުން ޒިޔަތުގެ މައްޗަށް 32 ދައުވާއެއް ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ކަމަށާއި އަދި އެ ހުރިހައި ދައުވާއަކަށް ޒިޔަތު އިއުތިރާފްވެފައިވާކަން ދައުލަތުން ފާހަގަ ކުރިއެވެ. ދައުލަތުގެ ވަކީލް ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ޕީޖީގެ އޮފީހާއި އޭސީސީގެ އިތުރުން ފުލުހުން ގުޅިގެން ކުރިއަށް ގެންދާ ޖޮއިންޓް އިންވެސްޓިގޭޝަންއަށް އެއްބާރުކުން ދިނުމަށް ޒިޔަތުގެ އެދިގެން އުލަތުން ޒިޔަތާއިއެކު އެއްބަސްވުމެއް ހަދާފައިވާ ކަމަށެވެ. އެހެން ކަމުން ޅ، މާބިންހުރާ މައްސަލަ ސްޕްރީމް ކޯޓުގައި ކުރިއަށް ދިއުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

އަޑުއެހުން ނިންމަވާލައްވަމުން ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ މައްސަލަ އަނބުރާ ގެންދިއުމަށް ޒިޔަތު ނިންމާފައި ވާތީ އެކަމާއި ގުޅޭ ލިޔެކިއުންތައް ސުޕްރީމް ކޯޓުން ޒިޔަތުއާއި ހަވާލު ކުރާނެ ކަމަށެވެ. އަދި ދެ މި މައްސަލައިގައި ދެން އިތުރަށް އިސްތިއުނާފު ކުރުމުގެ ހައްގު ޒިޔަތަސް ނުލިބޭނެކަން ޝަރީޢަތުން ޒިޔަތަށް ވަނީ އަންގާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: