ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތް ހިންގުމުގެ ޚަރަދު ކުޑަކުރަން، މުވައްޒަފުންގެ މުސާރާ ކުޑަކޮށްގެންނުވާނެ: މަވޯޓާ ޝަރީފް

މަރަދޫ ދާއުރާގެ މެމްބަރު އިބްރާހިމް ޝަރީފް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތް ހިންގުމުގެ ޚަރަދު ކުޑަކުރަން މިފަދަ ދަނޑިވަޅެއްގައި ދައުލަތުގެ މުވައްޒަފުންގެ މުސާރަތައް ކުޑަކުރުމަކީ ކޮށްގެން ވާނޭކަމެއް ނޫންކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ދައުލަތުގެ ރިކަރަންޓް ޚަރަދު ނުވަތަ ހިންގުމުގެ ޚަރަދު ކުޑަކުރެވޭނީ މުވައްޒަފުންގެ މުސާރަތައް ކުޑަކޮށްގެންކަމަށާއި ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންގެ ބޮޑު ބައެއް ހިއްސާކުރަނީ ދިވެހި ދައުލަތް ކަމަށެވެ.

ޝަރީފް ވިދާޅުވީ ދައުލަތުގެ ކުންފުނިތަކާއި ސިވިލްސާވިސް މުވައްޒަފުންނާއި ސަރުކާރާއި ޖުޑިޝަރީގައި، 60 ހާހަށްވުރެ މުވައްޒަފުން ވަޒީފާ އަދާކުރާ ކަމަށެވެ. އަދި ރާއްޖޭގެ މަސައްކަތު އާބާދީގެ ބޮޑު ބަޔަކީ ދައުލަތުގެ މުވައްޒަފުންނަށްވާއިރު ރިކަރަންޓް ޚަރަދުކުޑަކުރެވެން އޮތީ މުވައްޒަފުންގެ މުސާރަތައް ކުޑަކޮށްގެންކަމަށް ވިޔަސް މި ދަނޑިވަޅުގައި މުސާރަކުޑަކޮށްގެން ނުވާނެކަމަށެވެ.

ވަޒީފާގެ ރައްކާތެރިކަންވެސް ކަށަވަރުކުރަން ޖެހޭކަމަށާއި ގޭބީސީތަކުން ކުރާ ޚަރަދުތައް ކުޑަވާނެ ބަދަލެއް ސަރުކާރުން ގެނެސްގެން ނުވާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވި ގޮތުގައި ގައުމެއްގެ އިޤްތިޞާދީ ހާލަތަށް ބަލާ، އެވަގުތަކަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ އޭރަކު އޮންނަ ސަރުކާރެއްގެ މައްސޫލިއްޔަތެކެވެ. އަދި ދިވެހިރައްޔިތުން އަނެއްކާވެސް މަގޫފަތް ކައި، ދިވެހިރައްޔިތުންގެ ދަރިން ރޭގަނޑު ނުކައި ބަނޑަށް ތިބޭތަން ދެކެން ބޭނުންނުވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

“އިޤްތިޞާދީ ހާލަތަށް ބަލާ، އެވަގުތަކަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ އޭރަކު އޮންނަ ސަރުކާރެއްގެ މައްސޫލިއްޔަތެއް، ދިވެހިރައްޔިތުން އަނެއްކާވެސް މަގޫފަތް ކާތަން ދެކޭކަށް ބޭނުމެއް ނެތް، އަޅުގަނޑުމެންގެ ދަރިން ރޭގަނޑު ނުކައި ބަނޑަށް ތިބޭތަން ދެކެން ބޭނުންނުވޭ: ޝަރީފް

މީގެ އިތުރުން ޝަރީފް ވިދާޅުވީ ޚާއްސަ އިޤްތިޞާދީ ހާލަތްތަކުގައި އަޅާނެ ޚާއްސަ ފިޔަވަޅުތަކެއް ހުންނަންޖެހޭ ކަމަށް ޝަރީފް ވިދާޅުވިއެވެ. މިވަގުތު ވިޔަފާރީގެ ތެރޭގައި ދައުރުވާނެ ފައިސާ ނުލިބިއްޖެނަމަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އެއްކޮށް ބަގުރޫޓު ވެގެންދާނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މިފަދަ ހާލަތެއްގައި މާލީ ސިޔާސަތު ބައްޓަންކުރަންވާނީ އިޤްތިޞާދު އަލުން ކޮޅަށްޖެހެންދެން އިޤްތިޞާދީ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްދާފަދަ ގޮތަކަށްކަމަށެވެ. ކުދި ވިޔަފާރިތަކުގެ މެދުގައި ދައުރުވާ ފައިސާ ނުހުއްޓި ދައުރުކުރެވޭނީ ރައްޔިތުންގެ ޖީބަށް ވަންނަ ފައިސާ ވަންނާނެ ގޮތް ވެގެން ކަމަށް ޝަރީފް ވިދާޅުވިއެވެ.

ސަރުކާރުން ރައްޔިތުންގެ ޖީބަށް އެންމެ ގިނައިން ފައިސާ ވަންނާނީ، ދައުލަތުގެ ކުންފުނިތަކާއި ސަރުކާރުގެ މުއައްސަސާތަކާއި ސިވިލް ސާވިސްގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ މުސާރަ އުނި ނުކޮށް އެފަރާތްތަކަށް ލިބިގެން ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ސަރުކާރަކަށް އެންމެ މުހިތްމު ކަމަކަށްވާންޖެހޭނީ ރައްޔިތުންގެ ސިއްހަތު ސަލާމަތް ކުރުން ކަމަށާއި ރައްޔިތުން ދިރިއުޅުމަށް ކުރާ ކަންކަމަށް ބުރޫނާނެ ގޮތަކަށް ކަންކަން ބައްޓަންކޮށް ރައްޔިތުންގެ މާލީ ފުދުންތެރިކަން ކަށަވަރުކުރުން ކަމަށެވެ.

ރައްޔިތުންގެ ޙައްގުތައް ހިމާޔަތްކުރުމާއި އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމާއި ދިރިއުޅުމަށްކުރާ މަސައްކަތްތައް ރައްކާތެރިކުރުމަށްޓަކައި، ހުށަހަޅާ ބަޖެޓެއްގެ ސަބަބުން މިވަގުތަށް އިންފްލޭޝަން 4 ޕަސެންޓަށް އެކަން މިވަގުތަށް ތަހައްމަލުކުރުން ރަނގަޅު ކަމަށްޝަރީފްވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: