ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދޮންބައްޕަ ދަރިފުޅަށް ޖިންސީ ގޯނާކުރިކަން ސިއްރުކޮށް، އެ ކުއްޖާ ވިހެއި ދަރިފުޅު މަރާލި މައްސަލައިގެ އަޑުއެހުމެއް މާދަމާ!

ޖިންސީ ގޯނާގެ މައްސަލަތަކާއި ދެކޮޅަށް ވީއޯސީން އިންތިޒާމު ކުރާ ހަރަކާތުގެ ތެރެއިން-/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

2012 ވަނަ އަހަރުގެ ތެރޭގައި ށ. ފޭދޫގައި 15 އަހަރުގެ ކުއްޖަކަށް ކުއްޖާގެ ދޮން ބައްޕަ ޖިންސީ ގޯނާ ކުރަމުން ދިޔަކަން އެނގި ހުރެ އެކަން ސިއްރު ކުރި މައްސަލައާއި، އެ ކުއްޖާ ބަނޑުބޮޑުވެ ވިހެމުން ތުއްތު ދަރިފުޅު މަރާލި މައްސަލައިގައި ދައުވާ އުފުލި ދެ މީހުން ގެ މައްސަލައިގެ އަޑުއެހުމެއް މާދަމާއަށް ކްރިމިނަލް ކޯޓުން ތާވަލުކޮށްފިއެވެ.

މި މައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 10:30 އަށެވެ. މި މައްސަލައަށް މިހަރު ވަނީ އަށް އަހަރު ވެފައެވެ.

15 އަހަރުގެ އަންހެން ކުއްޖާ ވިހެއި ދަރިފުޅު މަރާލިކަމުގެ ތުހުމަތުގައި ދައުވާ ކުރަނީ އެ ކުއްޖާގެ މަންމަ ށ. ފޭދޫ ވައިމަތީއާގޭ އަޒީޒާ އިބްރާހިމް، އާއި އެ ކުއްޖާގެ ދޮންބައްޕަ ށ. ފޭދޫ ބުލޫހެވަން އަބްދުލް ޣަފޫރު ގާސިމްގެ މައްޗަށެވެ.

ކުއްޖާ މަރާލި މައްސަލައިގެ ދައުވާގައި ބުނެފައިވަނީ ކުއްޖާ ބަލިވެ އިނީއްސުރެ ޑޮކްޓަރަށް ނުދައްކާ، ކުއްޖާގެ ސިއްހަތު ސަލާމަތުން ބެހެއްޓުމުގެ ގޮތުން އަޅަންޖެހޭ ރައްކާތެރިކަމުގެ އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށެވެ. އަދި ދެމަފިރިން ވެގެން އެކަން ސިއްރުކޮށް، ކުއްޖާ ވިހެން އުޅޭކަން އެނގިތިބެ ވެސް ހޮސްޕިޓަލަށް ގެންގޮސްފައި ނުވާ ކަމަށެވެ.

ދައުވާގައި ބުނެފައިވަނީ ސިއްހީ ގޮތުން އެކަށީގެންނުވާ ގޮތަކަށް ކުއްޖާ ވިއްސުވައި، ވިހޭ ދަރިފުޅު ގިފިލިތެރޭގައި ވަޅެއްކޮނެ ވަޅުލާފައިވާ ކަމަށެވެ. އަދި އެ ދަރިފުޅު މަރުވެފައި ވަނީ މި ދެ މީހުންގެ ބައިވެރިވުމާ އިހްމާލުން ކަމަށް ދައުވާގައި ވެއެވެ. ދައުވާ ކޮށްފައި ވަނީ ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ (ރ) ގެ ދަށުން ކުއްޖަކު މަރާލުމުގެ ދައުވާ އެވެ.

މި މައްސަލައިގައި އަންހެން ކުއްޖާގެ ދޮންބައްޕަގެ މައްޗަށް އުފުލި ދައުވާގައި ވަނީ އެ ކުއްޖާއަށް އެކި ދުވަސް މަތީން ގަދަކަމުން ޖިންސީ ގޯނާކޮށްފައިވާ ކަމަށެވެ. އަދި އެ ކުއްޖާއާ މެދު ތަފާތު އެކި ފަހަރު މަތިން ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގާފައިވާ ކަމަށެވެ. އެހެން ކަމުން އަބްދުލް ޣަފޫރުގެ މައްޗަށް ވަނީ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަ ކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އުފުލާފައެވެ.

އަންހެން ކުއްޖާގެ މަންމަގެ މައްޗަށް ވަނީ 15 އަހަރުގެ އެ ކުއްޖާ އާއި މެދު ޖިންސީ ގޯނާގެ އަމަލެއް ހިނގާކަން އެނގި ހުރެ އެކަން ސިއްރު ކުރުމުގެ ދުވާވެސް އުފުލާފައެވެ. ކުއްޖާގެ މަންމަގެ މައްޗަށް ކުރާ ދައުވާގައި ބުނެފައިވަނީ އޭނާގެ އަމިއްލަ ދަރިފުޅާއި މެދު، ދޮން ބައްޕަ ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގާކަން އެނގި ހުރެ، އެމައުލޫމާތު ފުލުހުންނަށް ނުދީ އެކަން ސިއްރުކޮށްފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: