ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީސީގެ އަގުވައްޓާލަން ސާބިތު ނުހިފޭ ވާހަކަ ނުދައްކަން ގޮވާލައިފި

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް، ސަންގުޓީވީގެ ހަބަރަށް ފަހު ޕްތޮގުރާމުގައި: ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

އިލެކްޝަންސް ކޮމިޝަނުގެ އަގުވައްޓާލަން ސާބިތު ނުހިފޭ ވާހަކަ ނުދައްކަން ގޮވާލައިފިއެވެ.

އެ ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް މިކަމަށް ގޮވާލާފައިމިވަނީ އީސީގެ މުވައްޒަފުންނާ ހަވާލާދީ ބައެއް މީޑިއާ ތަކުގައި ލިޔެފައިވާ ލިޔުމުގައި ޖިންސީ ފުރައްސާރަ ކުރުމަކީ އީސީގައި ސަގާފަތެއްހެން އަށަގަނެފައިވާ ކަމެއް ކަމަށް ބުނުމުންނެވެ.

އެކަމާ ގުޅިގެން ޝަރީފް ކުރެއްވި ޓްވީޓެއްގައި ވަނީ ކޮމިޝަނުގެ އަގުވައްޓާލަން ސާބިތު ނުހިފޭ ވާހަކަ ނުދެއްކުމަށާއި ނޫހަށް މައުލޫމާތު ދެއްވި ފަރާތުން ކޮމިޝަނުގެ ކަންކަން ރަނގަޅުވެފައިވާކަން ހާމަނުކުރެއްވީ ކީއްވެގެންތޯ ސުވާލު އުފައްދަވާފައެވެ.

ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު އީސީގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަހުމަދު އަކްރަމް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

އަކްރަމް އިސްތިއުފާ ދެއްވީ އެ މައްސަލައާ ގުޅިގެން އޭނާ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފައިވަނިކޮށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: