ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖިންސީ ގޯނާގެ މައްސަލައިގައި އަލީ ވަހީދުގެ މައްޗަށް ހަ ދައުވާއެއް!

ކުރީގެ ޓޫރިޒަަމް މިނިސްޓަރު އަލީ ވަހީދު
ޝެއާރކޮށްލާ ކަހަލަދޯ؟

މިނިސްޓަރ އޮފް ޓޫރިޒަމްގެ މަޤާމުގައި ހުރިއިރު، ޢަލީ ވަޙީދުގެ މައްޗަށް ތުހުމަތުކުރެވުނު ޖިންސީ ފުރައްސާރަކުރުމާއި، ޖިންސީ ގޯޯނާކުރުމުގެ މައްސަލަތަކުގައި ދަޢުވާތައް ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.

ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކުގައި ހަ ދައުވާއެއް އަލީ ވަހީދުގެ މައްޗަށް އުފުލާފައި ވެއެވެ. އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ޖިންސީ އަނިޔާ ކުރުމުގެ ދައުވާ އާއި، ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ބޭ އަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާވެސް ހިމެނެ އެވެ. އަދި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ދެ ދައުވާއެއް އަލީ ވަހީދުގެ މައްޗަށް ވަނީ އުފުލާފައެވެ.

“1. ޤާނޫނު ނަންބަރު: 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 16 ވަނަ މާއްދާގެ ދަށުން ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދަޢުވާ.
2. ޤާނޫނު ނަންބަރު: 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 15 ވަނަ މާއްދާގެ ދަށުން ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާ.
3. ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 132 ވަނަ މާއްދާގެ ދަށުން ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދަޢުވާ.
4. ޤާނޫނު ނަންބަރު: 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާ.
5. ޤާނޫނު ނަންބަރު: 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 19 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދަޢުވާ.
6. ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 412 ވަނަ މާއްދާއާއި، އެ ޤާނޫނުގެ 81 ވަނަ މާއްދާގެ ދަށުން ހުއްދަނޫން ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ 2 ދަޢުވާ.” އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ހަ ދައުވާ

މި މައްސަލައިގައި މިދިޔަ ޖުލައި މަހުގެ ތެރޭގައި ކޯޓު އަމުރެއްގެ ދަށުން، އަލީ ވަހީދު ދިރިއުޅޭ ގެ ބަލާ ފާސްކޮށްފައި ވެއެވެ. ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި މަގާމުން ވަކި ކުރި އަލީ ވަހީދުގެ މޯބައިލް ފޯނާއި، ލެޕްޓޮޕް އަދި އެ ނޫންވެސް އިލެކްޓްރޯނިކް ސާމާނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނެވެ.

ޖެންޑާރ މިނިސްޓްރީއަށާއި، ސީދާ ރައީސުލްޖުމްހޫރިއްޔާއާއި ބައްދަލުކޮށް މުވައްޒަފުން ވަނީ އަލީ ވަހީދުގެ ފަރާތުން ކުރިމަތިވީ ފުރައްސާރަތައް ހުށަހަޅުއްވާފައެވެ. އަދި އެ އަޑުތައް އައްސަވާ އަލީ ވަހީދު ޓޫރިޒަމް މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވުމަށް އެންގުމުން ވެސް އިސްތިއުފާ ނުދެއްވިއެވެ. އެ މައްސަލައިގައި އަލީ ވަހީދު މަގާމުން ވަކި ކުރެއްވީ ސީދާ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި އެރޭ ޓްވީޓެކޮށް އޭނާ ވިދާޅުވީ “ވަގުތު އައިސް ޖެހުމުން ހަގީގަތް ހާމަވާނެ” ކަމަށެވެ.

އަލީ ވަހީދުގެ ފަރާތުން ޖިންސީ ގޯނާ ކުރިމަތިވިކަމަށް 12 ކުއްޖަކު މައްސަލަ ހުށަހެޅިކަމަށް އިތުބާރު ހުރި މަސްދަރުތަކުން މައުލޫމާތު ލިބެއެވެ. ކޮވިޑާއި ގުޅިގެން ވެރިރަށް މާލެ ސިޓީ ލޮކްޑައުންކޮށް، މަގުތަކަށް ހުއްދައެއް ނެތި ނިކުތުން މަނާކުރިއިރު މިނިސްޓްރީގެ ބައެއް މުވައްޒަފުން ތިބީ މާގިރީ ހޮޓެލްގައި ލޮކްޑައުން ވެގެންނެވެ.

ޖިންސީ ގޯނާގެ މައްސަލައިގައި އަލީ ވަހީދުގެ މައްޗަށް ދައުވާ ކުރަން ފޮނުވިއިރު، ކޮވިޑުގެ ތެރޭގައި އޭނާގެ އޯޑިއޯއެއް ވެސް ލީކުވިއެވެ. އެ އޯޑިއޯތަކުގައި ކެބިނެޓު މިނިސްޓަރުންނަށް އޭނާ ހުތުރު ބަސްތައް ބޭނުން ކުރައްވާއިރު ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާއާއި ގުޅޭގޮތުން ވަނީ ބޭއަދަބީ، އަދި ހަޑި ހުތުރު ވާހަކަތަކެއް ދައްކަވާފައެވެ. އެ މައްސަލައިގައި އަލީ ވަހީދަށް އެއްވެސް ފިޔަވަޅެއް އޭރު ނާޅައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: