ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއަށް އެންމެ އެކަށީގެންވަނީ ސިއްޙީ ނިޒާމް ލާމަރުކަޒު ކުރުން: މިނިސްޓަރ

ހެލްތް މިނިސްޓަރ އަހުމަދު ނަސީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ގުދުރަތީ ގޮތުން ރާއްޖެ އުފެދިފައިވާގޮތުންވެސް ރާއްޖެއަށް އެންމެ އެކަށީގެންވަނީ ޞިއްޙީ ނިޒާމް ލާމަރުކަޒު ކުރުން ކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ދަރުލަތުގެ މީޑިއާ ޕީއެސްއެމް އަށް ދެއްވި ބަސްދީ ގަތުމެއްގައި މިނިސްޓަރު ނަސީމް ވިދާޅުވީ ރައްޔިތުންނާއި ވީހާވެސް ގާތުން ސއްހީ ޚިދުމަތް ފޯރުކޮށްދެވިގެންނޫނީ ރާއްޖެ ދާންވާ މިސްރާބަކަށް ނުގެންދެވޭނެކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ހުރިހާ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތައް ހެލްތު މިނިސްޓްރީން ހިންގުމަކީ ސަރުކާރުންވެސް ޤަބޫލުކުރާކަމެއް ނޫންކަމަށެވެ. އަދި ހެލްތު މިނިސްޓްރީގެ ދައުރަކަށްވާނީ އެތަންތަން ރެގިއުލޭޓްކުރުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެމިސްރާބަށް ދެވޭނީ ޞިއްޙީ ދާއިރާ ލާމަރުކަޒުކޮށްގެން ކަމަށާއި، މި ސަރުކާރުން އެކަން ފުރިހަމަކުރާނެ ކަމުގެ އިތުބާރު އޮތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައިއިރުވެސް ޞިއްޙީ ދާއިރާގައި ހުރި މައްއސަލަތަކާއި ހެލްތު ސެންޓަރުތަކާއި ހޮސްޕިޓަލްތަކުގެ ޙާލަތު ވަރަށް ރަނގަޅަށް ދެނެގަނެވި، އެކަންކަމަށް ސަރުކާރުން ތައްޔާރުވެފައިވާ ކަމަށެވެ.

އެގޮތުން މިހާރު ހޮސްޕިޓަލްތަކުގައި ވަރަށް ރަނގަޅު އިކުއިޕްމަންޓްތަކާ އެއްޗެހި ތަޢާރަފުކުރެވި އަދި ބޭނުންވާ ވަރަށް ގިނަ ތަންތަނަށް ޚިދުމަތްތައް އިތުރުކުރެވި ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރުތަކުގެ ފެންވަރު ރަނގަޅުކުރެވި، ވަރަށް ބޮޑު ކުރިއެރުންތަކެއް ލިބިއްޖެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ޞިއްޙީ ދާއިރާ ލާމަރުކަޒުކުރުމުގައި ސަރުކާރުގެ މައިގަނޑު ވިސްނުންހުރީ ވަކިވަކި ޚާއްސަ ޚިދުމަތްތައް އެކި ސަރަޙައްދުތަކުން ލިބޭނެހެން ނިޒާމު ފަތުރާލުންކަމަށެވެ.

އެކަންކަން ކުރުމުގައި އެއް ރަށުން އަނެއް ރަށަށް ފަސޭހައިން ދަތުރުކުރެވޭނެހެން ހަރުދަނާ ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުވެފައި އޮތުން މުހިއްމުކަމަށާއި، ޕްލޭނިންގ މިނިސްޓްރީއާއި އެމް.ޓީ.ސީ.ސީ ގުޅިގެން އެކަމަށް ބޭނުންވާ ޕްލޭންތައް ހަދައި، ދަތުރުފަތުރުގެ ނިޒާމް ވަރުގަދަކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުން އަމާޒު މައިގަނޑު ގޮތެއްގައި ހުރީ 5 ޓަރޝަރީ ހޮސްޕިޓަލް ހުރި ދިމާތަކަށް މީހުންނަށް ދަތުރުކުރެވޭނެ އިންތިޒާމްތަކެއް ހަމަޖެއްސުން ކަމަށާއި އޭރުން ވަރަށް ބޮޑު ފަސޭހަތކެއް ލިބިގެންދާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: