ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޖެޓް ކަމުނުގޮސްގެން އުޅެނީ ވެރިކަން ވައްޓާނުލެވިގެން އުޅޭ މީހުންނަށް: ގާސިމް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރަށް ލަފާކޮށް ހުށައަޅާފައިވާ ބެޓް ކަމުނުގޮސްގެން އުޅެނީ ރައީސް އިބްރާހީމް މުޙައްމަދު ސޯލިޙު ވެރިކަމުން ވައްޓަނުލެވިގެން އުޅޭ މީހުންނަށް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މިސަރުކާރުގެ ކޯލިޝަން އެއް ބައިވެރިޔާ ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޖޭޕީގެ ޕީޖީ ގްރޫޕަށް ކޮށްފައިވާ މެސެޖެއްގައި ގާސިމް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓަކީ ރަނގަޅު ބަޖެޓެއްކަމަށާއި، މީގެ ކުރީ އަހަރުތަކުގެ ބަޖެޓުތައް ފާސްކުރަނީވެސް ދަރަންޏާއެކު ކަމަށެވެ.

ގާސިމް ވިދާޅުވީ 2021 ވަނަ އަހަރުގެ ބަޖެޓް ކަމުނުގޮސްގެން އުޅޭނީ ރައީސް ސޯލިހު ވެރިކަމުން ވައްޓާނުލެވިގެން އުޅޭ މީހުންނަށް ކަމަށާއި، ކުރަންވީކަމަކީ އެތެރޭގެ ދަރަނީތަކުގެ ތެރެއިން އެމްއެމްއޭއިން ނަގާފައިހުރި ހުރިހާ ދަރަނި ޒީރޯ ކުރުން ނުވަތަ އޮފް ކުރުންކަމަށެވެ.

ގާސިމް ވިދާޅުވީ މިހާރު ރާއްޖޭގައި އޮތް ދަރަންޏަކީ މިސަރުކާރުގެ ދަރަނި ނޫންކަމަސާއި، އެއީ 2005 ވަނަ އަހަރުން ފެށިގެން އުފެދި އިތުރުވަމުން އަންނަ ދަރަނިކަމަށެވެ.

މި ބަޖެޓަށް އިދިކޮޅު ފަރާތްތަކުގެ އިތުރުން އެމްޑީޕީ އަށް ނިސްބަތްވާ ބައެއް މެމްބަރުންގެ ފާޑުކިޔުން ވެސް ވަނީ އަމާޒުވެފައެވެ. ބަޖެޓަށް ބަހުސް ކުރުމުގެ މަރުހަލާ ރޭ ވަނީ ނިންމާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: