ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފައްޔާޒު ވަކިކުރަން މަޖިލީހަށް ހުށަހަޅާކަށް ނޫޅެން: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު އަދި އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް : ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލް މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖްލީހަށް ހުށަހަޅަން މަސައްކަތް ނުކުރަށްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ.

ނަޝީދު ވިދާޅުވީ ފައްޔާޒުއާ ގުޅޭގޮތުން ކުރެވުނު މަސައްކަތަކީ ޕާޓީތެރޭގައި ކުރެވުނު މަސައްކަތެއް ކަމަށާއި މަޖިލިސް ތެރެއިން ފައްޔާޒުގެ އިތުބާރު އޮތްކަމުގެ މައްސަލައެއް ވައްދާކަށް މަަސައްކަތް ނުކުރައްވާކަމަށެވެ.

“ފައްޔާޒު ވަކިކުރުމަށް، މަޖިލީހަށް ކަމެއް ލާކަށް ނޫޅެއް. އަޅުގަނޑުމެން ކުރީ އެތެރޭގެ ބަހުސްއެއް. އެއީ އެމްޑީޕީގެ އެތެރޭގައި ހިންގާނެ ކަންކަން. ވަކި ވަޒީރަކީ ރުހޭތޯ ނުރުހޭތޯ ކަނޑައަޅައި އެބަހުސް ކުރާނެ. އެއީ ޕާޓީ ދެކޭ ގޮތް ބެލުމަށް.” ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެއްވެސްތަނެއްގައި އެއްވެސް ކަމެއް ގޯސްކޮށް ހިނގާނަ އެވާހަކައެއް ދެއްކުމަކީ އެމަނިކުފާނުގެ މަސްއޫލިއްޔަތެއްކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

ނަޝީދު މިހެން މިއަދު ވިދާޅުވިނަމަވެސް މީގެކުރިން އެމަނިކުފާ ވަނީ ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާނެކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: