ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑައިބެޓިސް ސޮސައިޓީގެ ބޭފުޅުންނާ ނާއިބު ރައީސް ބައްދަލުކުރައްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ޑައިބެޓިސް ސޮސައިޓީ އޮފް މޯލްޑިވްސްގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވާ އެތަނުން ޚިދުމަތް ދިނުމަށް ދިމާވާ ގޮންޖެހުންތައް އޮޅުއްފިލުއްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެ މި ބައްދަލުކުރެއްވުމުގައި ޑައިބިޓީސް ސޮސައިޓީގެ އިސް ބޭފުޅުން ވަނީ އެ ބޭފުޅުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ކުރިމަތިވާ ދަތިތަކާއި ގޮންޖެހުންތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރައްވާފައެވެ. ހަމަ އެއާއެކު އެ ބޭފުޅުން ވަނީ ކުރިއަށްއޮތް ދުވަސްތަކުގައި އެ ޖަމުޢިއްޔާއިން ކުރިއަށްގެންދަން ރާވާފައިވާ ޕްރޮގްރާމްތަކުގެ މަޢުލޫމާތު ވެސް ޙިއްޞާ ކުރައްވާ، އެ ޕްރޮގްރާމްތައް ހިންގުމަށްޓަކައި އެހީތެރިކަން ބޭނުންވާ ދާއިރާތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ދަންނަވާފައެވެ. އަދި ހަކުރު ބައްޔަށް ފަރުވާ ހޯދާ މީހުންނަށް ޚިދުމަތްދިނުމާ ގުޅޭ ގައިޑްލައިނެއް އެކުލަވައިލުމާ ގުޅޭގޮތުން ވެސް އެ ބޭފުޅުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ އެކު މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ސަރުކާރާއި އެހެނިހެން މުވައްސަސާތަކަށް މެދުވެރިކޮށް ޑައިބިޓީސް ސޮސައިޓީއަށް އިތުރަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާމެދު މަޝްވަރާކުރައްވާނެ ކަމުގައެވެ. އަދި، އެ ޖަމުޢިއްޔާއަށް އެހީތެރިކަން ބޭނުންވާ ދާއިރާތަކުގެ މަޢުލޫމާތު އެ މަނިކުފާނު ސާފުކުރެއްވިއެވެ. މީގެ އިތުރުން، އެ މަނިކުފާނު ވަނީ ޑައިބިޓީސް ސޮސައިޓީއިން ކުރަމުންދާ ބުރަ މަސައްކަތާއި ފޯރުކޮށްދެމުންދާ ޚިދުމަތްތަކަށް ފާހަގަކުރައްވާ، އެ ތަނުގެ ހުރިހާ މުވައްޒަފުންނަށް ޝުކުރު ދައްނަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: